ރެއާލް އިން މޮޅުވި މެޗަކަށް ފަހު ކުޅުންތެރިން އުފާ ފާޅުކުރަނީ: އެކަމަކު ތާވަލްގައި މި ވަގުތު އޮތީ ދެ ވަނާގައި

ލަލީގާ

ރެއާލްއަށް މޮޅުނުވެވި، ބާސެލޯނާއަށް ވުރެ ފަސް ޕޮއިންޓް ފަހަތަށް

ސޮސިއެޑާޑްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވުމަކީ ބާސެލޯނާއާ ކައިރިކުރަން ލިބުނު ފުރުސަތެއް ނަގާލުން
30 ޖެނުއަރީ 2023

ސްޕޭންގެ ލަ ލީގާގެ ތާވަލްގައި ވާދަވެރި ބާސެލޯނާއާ އެކު އޮތް ދުރުމިން ކައިރިކޮށްލަން ލިބުނު ފުރުސަތުގައި ރޭ ރެއާލް ސޮސިއެޑާޑް އަތުން މޮޅުނުވުމުން ރެއާލް މެޑްރިޑަށް ހިތްހަމަނުޖެހުން ކުރިމަތިވެއްޖެ އެވެ.

ސޮސިއެޑާޑްއާ އެކު ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން ބާސެލޯނާ މިހާރު ވަނީ ފަސް ޕޮއިންޓްގެ ތަފާތެއް ނެރެފަ އެވެ. އެ ތަފާތު އައީ ހޮނިހިރުދުވަހުގެ ރޭ ޖިރޯނާއާ ކުޅެ ބާސެލޯނާ މޮޅުވުމުންނެވެ.

ރޭގެ މެޗުގައި ރެއާލްއަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ވިނީސިއަސް ޖޫނިއާއަށް ތަނަވަސްވި ރީތި ތިން ފުރުސަތު ވެސް ދިޔައީ ބޭނުންނުހިފި އެވެ. 

ރެއާލްއާ ވާދަވެރި އެތުލެޓިކޯ މެޑްރިޑް މި ހަފުތާގައި އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ތާވަލްގެ ހަތަރު ވަނައަށް ވަނީ ޖެހިލައިފަ އެވެ.

ލަ ލީގާގެ ގަދަ ފަހެއް

  • 1-

    ބާސެލޯނާ، ކުޅުނު 18، ޕޮއިންޓް 47

  • 2-

    ރެއާލް މެޑްރިޑް، ކުޅުނު 18، ޕޮއިންޓް 42

  • 3-

    ރެއާލް ސޮސިއެޑާޑް، ކުޅުނު 19، ޕޮއިންޓް 39

  • 4-

    އެތުލެޓިކޯ މެޑްރިޑް، ކުޅުނު 19، ޕޮއިންޓް 34

  • 5-

    ވިލަރެއާލް، ކުޅުނު 18، ޕޮއިންޓް 31

އިތުރު އާޓިކަލް

އިތުރު އާޓިކަލް