
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް: ވޯލްޑްކަޕް ބަލަން ޕްރޮޖެކްޓަރު ދޫކުރުމަށް ވަނީ ނިންމާފައި (ފޮޓޯ/މަޖިލިސް)
ވޯލްޑްކަޕް ބަލަން 100 ޕްރޮޖެކްޓަރު ދޫކުރަނީ
މީގެ ފަސް ދުވަސް ފަހުން ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ބަލަން، 100 ޕްރޮޖެކްޓަރު ދޫކުރަން ޔޫތު މިނިސްޓްރީން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ޔޫތު މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި، މި ޕްރޮޖެކްޓަރުތައް ދޫކުރަން ނިންމާފައިވަނީ މަދަނީ ޖަމިއްޔާތަކަށެވެ. އަދި ޕްރޮޖެކްޓަރު ހޯދުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.
-
ޕްރޮޖެކްޓަރު ބޭނުން ވާނަމަ، މާދަމާ މެންދުރު ފަހު 2ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައި
-
ހުށަހަޅަން ޖެހެނީ ޖަމިއްޔާގެ ރަސްމީ ލެޓާހެޑްގައި، bureau@youth.gov.mvއަށް
ޔޫތު މިނިސްޓްރީން ބުނި ގޮތުގައި، އެންމެ ފަހުން ބޭއްވި 'ޔޫރޯ 2020' ބެލުމަށް މިނިސްޓްރީން ޕްރޮޖެކްޓަރު ދޫކުރި އެއްވެސް ޖަމިއްޔާއަކަށް މިފަހަރު މި ޕްރޮޖެކްޓަރު ނުދޭނެ އެވެ.
ގުޅުން ހުރި ކަމެއް - މީޑިއާނެޓުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނި ގޮތުގައި، ވޯލްޑް ކަޕްގެ މެޗުތައް މި ފަހަރު ރާއްޖޭގައި ދެއްކުމުގެ ލައިސަންސް ލިބިފައިވަނީ އެ ކުންފުންޏަށް ކަމުން، އާންމު ތަން ތަނުގައި ބޮޑު ސްކްރީނު ބަހައްޓައިގެން މެޗުތައް ބެލުމަކީ މަނާކަމެއް ކަމަށެވެ. އެކަމަކު ކެފޭ/ރެސްޓޯރެންޓުތައް ފަދަ ވިޔަފާރީގެ ހިދުމަތް ދޭ ތަންތަނުން، މީޑިއާނެޓުގެ ހުއްދަ ނަގައިގެން މެޗުތައް ދެއްކުމުގެ ފުރުސަތުތައް އޮންނާނެ ކަމަށް ބުނެފައިވެ އެވެ.
މީޑިއާނެޓުން މިގޮތަށް އެންގުމުން، އާއްމުންގެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެކަމަކު ފަހުން އެތަނުން ބުނީ، ބޮޑު ސްކްރީނުން ވެސް މެޗުތައް ދެއްކިދާނެ ކަމަށާއި އެކަމަކު ބަލާ މީހުންގެ އަތުން ފީއެއް ނަގައިގެން ނުދެއްކޭނެ ކަމަށެވެ.
ކޮމެންޓް (2)
މީޑިޔާނެޓް
ރަނގަޅަށް ކިޔާބަލަ