
ސީދާ ޕޮޑްކާސްޓުގެ ކަވަރު
މިދިއަ އާދިއްދުވަހުގެ ރޭ އަބްދުﷲ އިނީ އަޅުގަނޑުގެ ކުރިމަތީގައި، 'ސީދާ' ޕޮޑްކާސްޓް މެދުވެރިކޮށް އޭނާގެ ތަޖުރިބާ އާއި ނަސޭހަތްތައް ކިޔައިދޭށެވެ. ހަށިގަނޑު ރީތިކޮށް ބެހެއްޓުމަކީ ގިނަ މީހުންނަށް އުނދަގޫ ކަމެއް ކަމެވެ. ނަމަވެސް ރަނގަޅު އިރުޝާދާ އެކު ހިތްވަރުކޮށްފި ނަމަ، އެހާމެ ފަސޭހަ ވެސް ކަމެއް މެ އެވެ.
އޭނާއަށް އެއް ކަމެއް ޔަގީނެވެ: ރަނގަޅު ސިއްހަތެއްގައި ތިބެން، ރީތިކޮށް ހަށިގަނޑު ބަހައްޓަން ބޭނުން މީހުންގެ އަދަދު ކުރިއާ އަޅާބަލާ އިރު ގިނަ ކަމެވެ.
"ޖިމްތައް ގިނަވުމާއި ޓްރެކް [ދަނޑު] ފުރުމާއި ދުވަން ދާ މީހުން ގިނަވުން، ފަތިހު ހިނގަން ދާ މީހުން ގިނަވުން،" މިސާލު ދައްކަމުން އަބްދުﷲ ބުންޏެވެ.
-
އިތުރަށް ކިޔާލަން - ހަށިގަނޑަކީ ގަންނަން ލިބޭ އެއްޗެއް ނޫން، އެ ޖެހޭނީ ބަލަހައްޓައިގެން ގެންގުޅެން