ދައުރު ޑެއިލީ ޕޮޑްކާސްޓުގެ ކަވަރު

ހުޅުމާލެ ފޭސް ދޭކުން މާލޭ މީހުންނަށް އެކަނި ބިން ވިއްކުން

2 ޖެނުއަރީ 2022

'ދައުރު ޑެއިލީ' ޕޮޑްކާސްޓަކީ ހަފުތާ ބަންދު ނޫން ކޮންމެ ދުވަހަކު ގެނެސްދޭ ޕޮޑްކާސްޓެކެވެ. މި ޕޮޑްކާސްޓްގައި ބަލާލާނީ އެ ދުވަހެެއްގައި ހުރި މައުލޫތަކުގެ ތެރެއިން މުހިންމު މައްސަލައެއްގެ މައްޗަށެވެ. މި ޕޮޑްކާސްޓް ހޮސްޓް ކުރާނީ 'ދައުރު'ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އެވެ. ޒާހިރާއެކު އެ ދުވަހެެއްގެ މައުލޫއެއްގައި ވާހަކަ ދައްކާނީ މި ނޫހުގެ ސީނިއާ އެއް އެޑިޓަރަކު ނޫނީ ޖާނަލިސްޓެކެވެ.

މިއަދުގެ ޕޮޑްކާސްޓުގައި ވާހަކަދައްކާނީ، ހުޅުމާލެ ފޭސް ދޭކުން ބިން ވިއްކަން ހުޅުވާލައި، ދިވެހި އެއްވެސް ރައްޔިތަކު ތަފާތުނުކޮށް އިއުލާން ކުރުމަށް ފަހު، އެޗުޑީސީން ކުއްލިއަކަށް ބަދަލު ގެނެސް، ހަމައެކަނި ބިން ގަނެވޭނީ "މާލޭގައި ރަޖިސްޓްރީވެފައިވާ ރަށްވެއްސަކަށް" ކަމަށް ކަނޑައެޅުމާ ގުޅޭ ގޮތުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް