ފަންނުވެރި އެކުވެރިން ޕޮޑްކާސްޓް - އެޕިސޯޑް 1

ފަންނުވެރި އެކުވެރިން: ގްރެފިކް ޑިޒައިނަރު ޝަރީހާންގެ ތަޖުރިބާ

ތަކެތި ބްރޭންޑުގެ ޝަރީހާންގެ ތަޖުރިބާ އެހުންތެރިންނާއި ހިއްސާކޮށްލުން
11 ސެޕްޓެމްބަރު 2021

ފަންނުވެރި އެކުވެރިންގެ ފުރަތަމަ އެޕިސޯޑުގައި ބައިވެރިވަނީ މަޝްހޫރު ބްރޭންޑް 'ތަކެތި'ގެ ފަހަތުގައިވާ އުފެއްދުންތެރި އަދި ހީވާގި ޝަރީހާން އެވެ. ޝަރީހާން އަކީ ގްރެފިކް ޑިޒައިނަރެއް އަދި ޕްރޮޑަކްޓް ޑިޒައިނަރެކެވެ. މީގެ އިތުރުން ކުޑަކުދިންގެ ފޮތް ލިޔެ، ކުރަހައި އުފައްދަ އެވެ.

ވިޝުއަލް ކޮމިއުނިކޭޝަނުން އެޑްވާންސް ޑިޕްލޯމާއެއް ކިޔެވުމަށްފަހު އޭނާ ފްރީލޭންސް ގްރެފިކް ޑިޒައިނަރެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރަންފެށި އެވެ. ޝަރީހާންގެ އުފެއްދުންތެރި ހުނަރު ފުޅާ ގޮތަކަށް ފެނިގެންދިޔައީ އޭނަގެ އަމިއްލަ ބްރޭންޑު 'ތަކެތި'ންނެވެ. އާންމުކޮށް ބާޒާރުން ނުފެންނަ، ކިޔާލާ ހިތްވާ އަދި ދިވެހި ބަހަށް ލޯބިޖައްސާފަދަ ކުޑަކުދިންގެ ވާހަކަތަކާއި އެކި ކަހަލަ ލާނިން ޕްރޮޑަކްޓް ޝަރީހާން ތައާރަފުކޮށްފައިވެ އެވެ.

'ތަކެތި' ބްރޭންޑު އުފެއްދިތާ ފަސް ވަރަކަށް އަހަރު ވެފައިވާއިރު، ބާޒާރުގަައި 'ތަކެތި'ގެ އުފެއްދުންތަކަށް ވަރަށް ބޮޑު ޑިމާންޑެއް އެބައޮތެވެ. އެހިސާބަށް ދާން ޝަރީހާން ކުރީ ވަރަށް ހީވާގި އަދި ދިގު ދަތުރެކެވެ. ފޮތް އަދި އެކި ޕްރޮޑަކްޓް އުފައްދާ ވިޔަފާރިއެއް ހިންގީ 'ވަން މޭން ޝޯ'އެއް ގޮތަށެވެ. ވިޔަފާރިއެއް ހިންގާނެގޮތް ދަސްކުރަމުން، އެ ވިޔަފާރި ހިންގަމުން، ކްރިއޭޓިވް، ތަފާތު ޕްރޮޑަކްޓް އުފައްދައި ތައްޔާރުކޮށް ބާޒާރަށް ނެރުމުގެ މަސައްކަތްތައްވެސް ކުރަމުންދިޔައީ އެކަންޏެވެ. 

މިއަދު ފެންނަ ފޮނި ކާމިޔާބީގެ ސިއްރަކީ އެތައް އަހަރެއްގެ މިންނަތް މަސައްކަތެވެ. ޝަރީހާންގެ ވާހަކަ އަކީ ކޮންމެ މީހެއްވެސް އިންސްޕަޔާ ކޮށްލާނެ ކަހަލަ ވާހަކައެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް