
އިޝްތިހާރު
މުހައްމަދު މުއުމިން އެންމެ ފުރަތަމަ ކެމެރާއެއް އަތަށް ނެގީ 2004 ވަނަ އަހަރު އެވެ. އެއީ އިހުގެ ފިލްމު ކެމެރާ އެކެވެ. އެއިން އޭނާ ފުރަތަމަ ފަހަރަށް ފޮޓޯ ނަގަން ފެށި އެވެ. އެއީ ކުޑައިރުއްސުރެން ބެލި ހުވަފެނެއް ހަގީގަތަކަށް ހަދަން ނެގި ފުރަތަމަ ފިޔަވަޅެވެ.
ސައިބާޝޮޓު ކެމެރާއެއް 2005 ވަނަ އަހަރު ލިބިމުން ދެން ފޮޓޯ ނެގީ އެ އިންނެވެ. އެއަށް ފަހު ރަހުމަތްތެރިއެއްގެ ޑީއެސްއެލްއާރު ކެމެރާއެއް ބޭނުންކުރަން ފުރުސަތު ލިބުނެވެ. ކެމެރާ އާއި ގިޔަރު ބަދަލުކޮށް ފެންވަރު މަތިކުރުމުގެ ތެރެއިން މުއުމިން މި ދާއިރާއިން ފަސްއެނބުރި ބެލުމެއް ނެތް ބާރު ދުވެއްޔެއްގައި ކުރިއަށްދިޔަ އެވެ.
-
އިތުރަށް ކިޔާލަން - ފޮޓޯގްރަފަރު މުންކޮގެ ތަޖުރިބާ