Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ރީކޯ މޫސާ މަނިކުގެ އާއިލީ ކުންފުނި ހެވީ ލޯޑަށް ތިލަފުށި ހިއްކަން ދިން މަޝްރޫއު ނިންމާނުލެވުނަސް، އެ ކުންފުންޏަށް ޕީޕީއެމް ސަރުކާރުން ބޮޑު ބަދަލެއް ދިން

ރީކޯ މޫސަގެ 'އަސްލު ވާހަކަ'؛ އެކަން ފެށެނީ ތިލަފުށީ ފަޅުން

މޫސައަކީ އަބަދުވެސް އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށް ރައީސް ސޯލިހު ވިދާޅުވުމަކީ މުޅިން ގޯސް، ހަގީގަތާ ހިލާފު ތައުރީފެއް
9 ނޮވެމްބަރު 2022
11

ރީކޯ މޫސާ މަނިކުގެ 'އަސްލު ވާހަކަ' ފަށަން ޖެހެނީ ފިލްމީ ތަރިއަކަށް ވެވަޑައިގެންނެވި ހިސާބަކުން ނޫނެވެ. ނުވަތަ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް 2003 ގައި ފެށި އިސްލާހީ ހަރަކާތުގައި ލ. އަތޮޅު ގޮނޑި ކާމިޔާބުކުރެއްވި ހިސާބަކުން ވެސް ނޫނެވެ. އެ ވާހަކަ ފެށެން ޖެހޭނީ، އެ ހުރިހާ ކަމެއްގެ ތެރެއިން އޭނާ ގެންގޮސް މުއްސަނދިކޮށްދިން ހިސާބުންނެވެ: އެއީ 30 ސެޕްޓެމްބަރު 2010 އެވެ.

އެ ދުވަހަކީ އެމްޑީޕީގެ ވެރިކަމުގައި ތިލަފުށީ ފަޅު ހިއްކަން އޭރު މޫސަގެ ކުންފުނި ހެވީލޯޑާ އެކު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އިން 21 މިލިއަން ޑޮލަރު (323 މިލިއަން ރުފިޔާ)ގެ މަޝްރޫއުގައި ސޮއިކުރި ދުވަހެވެ. ތިލަފުށި ފަޅުން 156 ހެކްޓަރުގެ ބިން ހިއްކަން އެ ބޮޑު މަޝްރޫއު ހެވީލޯޑާ ހަވާލުކުރި އިރު ވެސް، އަދި އޭގެ ފަހުން ހެދި ހާއްސަ އޮޑިޓަކުން ވެސް ހާމަވީ އެއީ އެވަރުގެ މަސައްކަތެއް ކުރެވޭ ވަރުގެ ކުންފުންޏެއް ނޫން ކަމެވެ.

ކަން ވީ ވެސް އެހެންނެވެ. ވަގުތީ ގޮތުން މަސައްކަތް ހުއްޓާލިކަން ކަނޑައަޅައި، 13 އޮކްޓޯބަރު 2011 ގައި، ހެވީލޯޑާއި ޓީސީއެލްއާ ދެމެދު ސޮއިކުރި އެވެ. އޭރު ހިއްކުނީ އެންމެ 24 ހެކްޓަރުގެ ބިމެވެ. މަސައްކަތް ފަށަން އެހީއެއްގެ ގޮތުން އެޑްވާންސަށް 3 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) ޓީސީއެލް އިން ދިނީ، އެވަރުގެ ގެރެންޓީއެއް ވެސް ނެތި އެވެ. 

ސިޔާސީ ބާރުގައި ހެވީލޯޑަށް ފައިސާތަކެއް ދޭން ކުރި ކަމެއްގެ ގޮތުގައި ނޫނީ، ބިން ހިއްކުމުގެ އެ މަޝްރޫއު ބެލޭކަށް ނެތެވެ. 

ރީކޯ މޫސަ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެހެން ބައެއް ބޭފުޅުން އުފަލުން

މޫސަގެ 'އަސްލު ވާހަކަ' އެހާ ހިސާބަކުން އަދި ނުނިމެ އެވެ. ތިލަފުށި ފަޅު ހިއްކުން ޓީސީއެލްއަށް ބޮޑު ގެއްލުމަކަށް ވީ އިރު، ދެން އައި ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ވެސް ހެވީލޯޑަށް، ނުވަތަ މޫސައަށް، ނުވަތަ މޫސަގެ އާއިލާއަށް، ހޯދައިދިނީ ވެސް، ޕީޕީއެމްގެ ވެރިކަން ނިމުނު ފަހުން ނެރުނު ހާއްސަ އޮޑިޓަކުން އެނގޭ ގޮތުގައި، ނާޖާއިޒު ފައިދާތަކެކެވެ.

އެ ވާހަކައިގެ ހަގީގަތަކީ މި އެވެ: ޕީޕީއެމްއަށް މޫސަ ވީ ރައްޔިތުންގެ މަޖިލިހުގައި މުހިންމު މެމްބަރަކަށެވެ. އެއީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުން، އެކަމަކު މޫސަގެ ވަރަށް ބޮޑު މަސައްކަތަކުން ހޯއްދެވި މަޖިލިހުގެ ނާއިބު ރައީސްގެ މަގާމުގެ މުހިންމު ކަމެވެ.

ތިލަފުށި ބިން ހިއްކުމުގެ މަޝްރޫއުން ހެވީލޯޑަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ޕީޕީއެމް ސަރުކާރުން ލ. އަތޮޅުން ތިން ރަށަކާއި 35 މިލިއަން ރުފިޔާ ދިނީ، މޫސަގެ ވޯޓާއި މޫސަގެ ވިސްނުމާއި މޫސަގެ ވާހަކަތައް ޕީޕީއެމް ކޮޅަށް އަނބުރާލާށެވެ. އެ ސަރުކާރުން އެގޮތަށް ކަންތައް ކުރީ، މަސައްކަތް މެދުކަނޑާލަން 2011 ގައި ހެދި އެއްބަސްވުމުގައި، އެއްވެސް ބަދަލެއް ހޯދުމުގެ ފުރުސަތު ހެވީލޯޑަށް ނެތި އޮއްވަ އެވެ.

ބަދަލެއް ދޭން ނުޖެހޭ ތަނެއްގައި މިކަހަލަ ބޮޑެތި ފައިދާތައް މޫސަގެ މަސްލަހަތު އޮތް ކުންފުންޏަކަށް ލިބުމުން، އޭނާގެ 'އަސްލު ވާހަކަ' އޭގެ ޒާތުގައި 'ފުރިހަމަ' އެވެ. ދެން ސޮއިކުރެއްވީ ޕީޕީއެމަށެވެ. ދެން ވިދާޅުވީ 2018ގެ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބުކުރައްވާނީ 'އެއްލަކިން' ކަމަށެވެ.

ޔާމީނަށް އެ އިންތިހާބުގައި ކުރިމަތިވެވަޑައިގަތީ، ކުރީގެ އެއްވެސް ރައީސަކަށް ދިމާވެފައި ނެތްވަރުގެ ބޮޑު ނާކާމިޔާބީއެކެވެ.

އެކަމަކު މޫސަގެ 'އަސްލު ވާހަކަ' ކާމިޔާބެވެ. ހެވީ ލޯޑަށް ލިބުނު ތިން ރަށުގެ ތެރެއިން އެއް ރަށުގައި ނޮވެމްބަރު 2019 ގައި ވަނީ ރިސޯޓެއް ތަރައްގީކޮށް، ހުޅުވައިފަ އެވެ. 

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސައަށް ޕީޕީއެމް ސަރުކާރުން ދިން ރަށެއްގައި ރިސޯޓެއް ހަދާފައި

ސިޔާސީ ދާއިރާގައި އަޑުއިއްވައިގެން، އަނގަތަޅައިގެން، ތަނަވަސްކަން ހޯދުމަކީ ރާއްޖޭގައި، އާންމު ކަމެއްކަން، މޫސަގެ މި ވާހަކައިން ވެސް އެނގެ އެވެ. އެ ތަޅާ އަނގައަށް ރައްޔިތުން ވޯޓު ނުދިނަސް މެ އެވެ.

ދެން މޫސަ މިހާރު އެ ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގަ އެވެ. އިއްޔެ އޭނާ ވަނީ އަލުން އެމްޑީޕީއަށް ގުޅިވަޑައިގެންފަ އެވެ. އެއީ އޭނާގެ އަމިއްލަ ނިންމެވުމެކެވެ. އެކަމަކު ރައްޔިތެއްގެ ގޮތުން ބެހެން ޖެހޭ ކަމެކެވެ. ހާއްސަކޮށް އެފަދަ ބޭފުޅުންނަށް ރައްޔިތުންގެ ފައިސާއިން ނާޖާއިޒު ފައިދާ ލިބިވަޑައިގަންނަވާ ނަމަ އެވެ. އެފަދަ ބޭފުޅުންނާ ގުޅުވައިގެން ހަގީގަތާ ހިލާފު ތައުރީފްކުރައްވާ ނަމަ އެވެ.

އެމްޑީޕީއާ ގުޅިވަޑައިގެން ރައީސް ސޯލިހުގެ ފަޅިޔަށް މޫސަ އެރުއްވުމުން ރައީސަށް އެޑްވާންޓޭޖެއް އޮތީ ކަމަށް ވެދާނެ އެވެ. އެކަމަކު މޫސައަށް ތައުރީފްކުރައްވާ ކުރެއްވި ޓްވީޓްގައި "މޫސައަކީ އަބަދުވެސް އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅެއް" ކަމަށް ވިދާޅުވުމަކީ، އިތުރުފުޅެކެވެ.

ޕީޕީއެމް ޖަލްސާއެއްގައި ރައީސް ޔާމީންގެ އަރިހުގައި ރީކޯ މޫސަ: އޭނާ އޭރު ވިދާޅުވީ 'އެއްލަކިން' ޔާމީން އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް

މޫސައަކީ ގާނޫނުއަސާސީއާ ހިލާފަށް ފުލުހުންނާއި ސިފައިން ރައްޔިތުންގެ މަޖިލިސް ހިސާރުކުރި އިރު އެކަމަށް ވާގިދެއްވަން ހުންނެވި މަޖިލިހުގެ ނައިބު ރައީސް އެވެ. މޫސައަކީ 1 ފެބްރުއަރީ 2018ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު، ރާއްޖޭގެ އެންމެ މަތީ ކޯޓަށް ސިފައިން ވައްދައި ފަނޑިޔާރުން ހައްޔަރުކުރި އިރު، އެކަން ދިފާއުކުރެއްވި ބޭފުޅެކެވެ. މޫސައަކީ، ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ އަސާސީ އެތައް ހައްގަކަށް ޔާމީންގެ ސަރުކާރުން އަރައިގަނެ، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ގާނޫނުތައް ފާސްކުރި އިރު، އޭގެ ފަހަތުގައި ހުންނެވި މެމްބަރެކެވެ.

އިސްލާހީ މަސައްކަތަށް މޫސަ މަސައްކަތްކުރެއްވީ، ވެރިކަމުން މައުމޫން ބާލާށެވެ. އެ ފޯރިގަނޑުގަ އެވެ. އެކަމަކު މޫސަ ވެސް ހިމެނިވަޑައިގެން ހެދި ގާނޫނުއަސާސީއަށް ސަރުކާރުތަކުން ފައިން އެރިިއިރު، އެ ހުރިހާ ކަމެއްގެ ފަހަތުގައި، ދިފާއުގައި ހުންނެވި އެއް ބޭފުޅަކީ އޭނާ އެވެ.

އެހެންކަމުން މިހާރު މޫސައަކީ އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅެކޭ ބުނެވޭކަށް ނެތެވެ. އޭނާ ހުންނަވާނީ އޭނާއަށް ފައިދާވާ ކޮޅަކަށެވެ. އަލުން ޔާމީން ވެރިކަމަށް ވަޑައިގަތަސް، އެމަނިކުފާނުގެ ފަހަތްޕުޅަށް އަރައިވަޑައިގަންނަވާނެ އެވެ.

ސަބަބު ވަރަށް ސާފެވެ؛ މޫސަގެ 'އަސްލު ވާހަކަ' ފެށެނީ ފައިސާއާ ހިސާބުންނެވެ.

ކޮމެންޓް (11)

ޙަސަންތަކުރުފާނު

14 ނޮވެމްބަރު 2022
ރ.ސޯލިޙު އޮޅިވަޑައިގެން ކުށްބަހެއް ވިދާޅުވެވުނީ. ދިވެހިރާއްޖޭގެ ތާރީޚު ހެކިދޭ އިސްލާޙަށް މަސައްކަތް ކުރެއްވި ހަމަ އެންމެބޭފުޅަކީ ރ.ނަޝީދު. ރ.މައުމޫނުގެ 30 އަހަރުވީ ވެރިކަން ވައްޓާލަން ނިކުތީ ވަރަށް ގިނަމީހުން. އަރިހުގައި މަސައްކަތްކުރެއްވި ގިނަ ބޭފުޅުންވެސް ފެއަށް ޖެހިވަޑައިގެން ރމ ގެ 30 އަހަރުވީ ވެރިކަން ވައްޓާލެއްވީ. އެއިގެތެރޭ މޫސަވެސް ހަމައެކަކު. އެހެންނަމަވެސް މޫސަޔަކީ އަމިއްލަ ވިޔަފާރި ދިފާއުކުރަން ފުޅާކުރަން އެއިރެއްގައި އޮންނަ ސަރުކާރަކާ ގުޅޭމީހެއް ލޯމަތީން ފެނިގެން ދިޔައިރު ގަރަހިއްޗެއް ނޫނިއްޔާ އެގެންވާނެ. ރޔ. ގުޅުނީ ވިޔަފާރީގެ ހެވީލޯޑުގެ ދަރަނިން ސަލާމަތް ނުވެގެން. މިހާރުވެސް ލ.އަތޮޅުގައި މުސާ ހިންގާ ރިސޯޓް ޓެކްސް ނުދައްކައިގެން މީރާގެ އެވޯޑަށް ނޮމިނޭޓް ވެފައިއޮތީ. ޢެކަމުން ރެކެވޭނެ ހަމަ އެކަނި ދޮރަކީ އެމްޑީޕީއާ އަލުންގުޅުން. ހެވީލޯޑު ރިލޯޑުކުރަން. ތިޔަ މޫސާ ކަހަލަ އިސްލާޙަށް މަސައްކަތްކުރާ ލިސްޓުގައި ހިމެނޭ އެތައް ރޯނގާއެއް އުޅޭތީ މިޤައުމުގެ ނިކަމެތި ރައްޔިތުން ބިކަޙާލުގައި އުޅެންޖެހި ޖީބުހުސްކޮށް ހުންނަ ސަބަބަކީ. ލަދެއްޙަޔާތެއް ނެތިގެން އިސްލާޙޭ ކިޔައިގެން ޤައުމުތެރޭ ވިލެނީ.
0 0

ނުރަބޯ

9 ނޮވެމްބަރު 2022
ވަރަށް ރަގަޅު ނަސޭހަތެއް ތިޔަދެއްވީ.
4 0

ސިކުނޑި

9 ނޮވެމްބަރު 2022
މޫސަ އެކަންޏެއް ނޫން ސިޔާސީ މީހުންގެ ހާލަތަކީއެއީ! މިއަދު ހަގީގަތް ގަބޫލު ކުރަން ބޭނުންވާނީ މަދު ބައެއް! ކޮންމެ މީހަކުވެސް ފުރަތަމަ ބަލަނީ ތިމާ ބުނާ ބަހަކުން ކުރާ އަމަލަކުން ތިމާއަށް މާލީ މަންފާއެއް ލިބެތޯ! ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި މުޖުތަމަޢުއެއް ހަލާކުވެ ދިޔައިރު އަހަރުމެން މިތިބެނީ ޕާޓީ ކުލައިގެ ޓީޝާޓެއް ލައިގެން އަތް ޖަހާލަޖަހާލާ! އަންނަން އޮތް ޖީލަށް ކޮން މޫނެއްތޯ ދައްކާނީ!!
6 0

ޝަމްޢޫން

9 ނޮވެމްބަރު 2022
100ގެ ލިޔުމެއް
10 0

ޓާކޫޜޭ

9 ނޮވެމްބަރު 2022
މޫސަގެ އަމިއްލަ އިންޓަވިއުއެއްގައި ދާދިފަހުން މޫސަ ބުނެފައިވާނެ ކުޑަ އިރު ފައިސާ ހޯދަން އެންމެ ފުރަތަމަ ކުރިކަމަކީ ގޮނޑު ހޮވުން ކަން . އެތަނުން އުކާލާފައި ހުންނަ ބޭނުންކުރެވޭ ވަރުގެ ބާއެއްޗެހި ނަގާ ސާފުކޮށް އެވިއްކީ ކަމަށް. އަދި އެއީ ނުކިޔަވާ ހުރީމަ ވީގޮތްކަމައް. ދެން ބޯޓު ދަތުރުކުރަން ދިޔައީ. އޭގެ ފަހުން މާލޭ ގެ މަޝްހޫރު އާއިލާއެއްގެ އިސްހާގު ކިޔާ ބޭފުޅެއް މޫސަ އަށް ޓޮޕްސް ނަމުގައި ފިހާރައެއް ހުޅުވާދިނީ. އެއީ އޮލިމްޕަހާއިވީ ކޮޅުން މަޖީދީމަގުން މާވެޔޮ މަގައް އަޅާ ކަންމަތީގައި އެ ހުރި ފިހާރަ. މިހާރު އެތާ ހުރީފޯން މަރާމާތުކުރާ ފިހާރައެއް. މޫސަ އަކީ 1998 ގައި އެއާމޯލްޑިވްސް އިން ދެތިން މަހުން އެއްފަހަރު ބެންކޮކަށް ކުރި ފްލައިޓް ގެ މެއިންޓަނަންސް އިންސްޕެކްޝަން ދަތުރުތަކުގައި ހުސް ފްލައިޓް ދާތީ ދިވެހި ނިކަމެތި ރައްޔިތުންނަށް ބެންކޮކައް ދިއުމައް 80 ޑޮލަރައް ދެކޮޅު ޓިކެޓް ވިއްކާތީ އެކަމާއި ރުޅިއައިސްގެން އައިލޭންޑް އޭވިއޭސަނައް ގޮސް ކައުންޓަރު ތިބޭ ކުދިންނާއި ދިމާލައް ތިދަތުރުތަކުން އަހަރެމެން ވިޔަފާރިވެރިންނައް ގެއްލުންވަނީ އޭ ކިޔާފަ މައްސަލަ ޖައްސާ ޒުވާބުކޮށް އެދަތުރުތައް ހުއްޓުވި މޭސްތިރި. އައިލޭންޑް އޭވިއޭޝަނުން އޭރު އެދަތުރުތައް ކުރީ މިއަދު ހެނދުނު މާލެއިން ފުރިނަމަ މާދަމާރޭ މާލެ އަނބުރާ އައުން. މިހެން އެންމެ ދުވަހަކުން ކުރާ ދަތުރުން މީހުން އުނގުވިޔަފާރިއަށް ގެންނަ ކުޑަ މުދާކޮޅު އަގުހެޔޮކޮށް ވިއްކާތީ މޫސަ މައްސަލަ ޖެއްސީ ތިމަންނަމެން ފިހާރަ އަށް ޑިއުޓީ ދީފައި ގެންނަ މުދަލައްވުރެ އަގުހެޔޮކޮށް އެމީހުން މުދާ ވިއްކަނީއޭ ކިޔާފައި. އެކަމަކު މޫސަ ހަނދާނެތްނެތް މޫސަ ގޭގައި ރޯނު ފުރާފަ ހުރި އެނދެއްގެ މަތީގައި އަޅާފައި އޮތް ކުނަލެއްގެ މަތީގައި އިނދެގެން ބޭރުން ގެންނަ މުދާ ޑިއުޓީ ނުދީ ވިއްކި ހަނދާނެއް. އެގެއަށް ގޮސް މޫސަ އަތުން ތަކެތި ގަތް އެތައް މީހުންނެއް މިހާރުވެސް ދުނިޔޭގައި އެބަތިބި. އެހެްނވީމަ މީގެން އެނގެނީ މި އާޓިކަލްގައިވާ ގޮތައް މޫސަ އަމިއްލައަށް ކުރީމަ ކިތަންމެ ނުބައި ކަމަކީ ވެސް އޯކޭ ކަމެއްކަން.
26 0

ޖެރާޑް

9 ނޮވެމްބަރު 2022
މިގޮތަށް އުޅޭ ދެފުށްކެހެރިން ޕާޓީތަކުންވެސް ޤަބޫލް ނުކުރަންވީ..
13 0

ތަކުރުފާނު

9 ނޮވެމްބަރު 2022
ސަތޭކައިގެ އާޓިކަލްއެއް. މޫސާ ލަތީފުގެ ބައިލައިން ފެނުނީމަ ކިޔާލެވެނީ އެހެންވެ. މިއީ ގަޓުހުންނަ ނޫސްވެރިންނަކީ.... ސާބަހޭ...
16 2

މޫސާ ހަބީބު

9 ނޮވެމްބަރު 2022
ރީކޯ މަގުމަތީ ކޯޓު ހެދި ވާހަކަ ނުލިޔުނީ އަންނި ވެރިކަން ދިފާއުކުރަންކުރި ކަމެއްވީމަ؟
7 1

ރީކާޝް

9 ނޮވެމްބަރު 2022
ރައީސް ނަޝީދަށް ހަމަލާދޭން އިބޫ ނެރުނު އަނގަ ގަދަ ސިޔާސީ މީހެއް. އަރާކޮޅެއް ރުފިޔާ ދެންޏާ ވަރިހަމަކަން ރިޕޯޓުން އެނގުނީ. ރީކޯ ކައިރިކޮށް ޔާމީނު ބަލިވި ގޮތަށް ސޯލިހުވެސް ބަލިވާނެ
22 1

ޙުސައިން މަނިކުފާނު

9 ނޮވެމްބަރު 2022
ވަރަށް ރަނގަޅު ވާހަކައެއް. މޫސަ އެކަންޏެއް ނޫނެވެ. ސިޔާސީ ގިނަވެރިންނަނީ އެމީހުންގެ އަމިއްލަ ފައިދާ އާއި އަމިއްލަ މަޞްލަޙަތަށްޓަކައި މަސައްކަތްކުރައްވާ ބޭފުޅުންނެވެ. މަޖިިލިސް މެމްބަރުންނަކީވެސް އެފަދަ ބަައެކެވެ. މެމްބަރުންގެ މަސްޢޫލިއްޔަތުތައް ސާފުކޮށް ބަޔާންކުރެވިފައި ވާއިރުވެސް ކަންހިނގަނީ އެހެނެއް ނޫނެވެ.
26 0

ގޭންގްސްޓާރ

11 ނޮވެމްބަރު 2022
@ޙުސައިން މަނިކުފާނު މުއްސަދި ވީގޮތެއް ނުބަލާއެކަކުވެސް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް