އާދަމް ނަސީރު(ކ) މިނިސްޓަރަކަށް ހުންނެވިއިރު ބައްދަލުވުމެއްގައި ބައިވެރިވަނީ (ފޮޓޯ/ހެރިޓޭޖް މިނިސްޓްރީ)

ރައީސް އޮފީސް

މަގާމު ދިންތާ އެއް ދުވަސް ތެރޭ އާދަމް ނަސީރު އިސްތިއުފާ ދީފި

އާދަމް ނަސީރަކީ މީގެ ކުރިން މި ސަރުކާރުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު
1 ގަޑިއިރު ކުރިން

މި ސަރުކާރުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓަރަކަށް ކުރިން ހުންނެވި އާދަމް ނަސީރު އިބްރާހިމް މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ މުޝީރަކަށް އައްޔަން ކުރިތާ 24 ގަޑިއިރު ނުވަނީސް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. 

ވީ ކިހިނެއް؟ - އޭނާ ރައީސް އޮފީހުގެ މުޝީރަކަށް އައްޔަން ކުރީ އިއްޔެ އެވެ. އެހެން ނަމަވެސް، ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް ދާދި ދެންމެއަކު ސޯޝަލް މީޑިއާގައި އިއުލާން ކުރެއްވި ގޮތުގައި އާދަމް ނަސީރު ވަނީ މިހާރު އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. 

ސަބަބެއް ވިދާޅެއް ނުވެ އެވެ. 

އެނގުން މުހިންމު - ދިވެހި ބަހާއި އަދަބިއްޔާތަށް ހިދުމަތް ކުރުމުން މަޝްހޫރުވެފައިވާ އާދަމް ނަސީރު ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމަށް އިސްތިއުފާ ދެއްވީ މިދިޔަ އެޕްރީލްގައި ބޭއްވި ފެންނަ ނުފެންނަ ވޯޓާއި ލާމަރުކަޒީ ކައުންސިލް އިންތިހާބުގެ ވޯޓްގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބަށް ފަހު ގެނައި ބަދަލުތަކުގެ ތެރެއިންނެވެ. 

ވަޒީރުކަމުން އިސްތިއުފާ ދެއްވި ބޭފުޅުންނަށް ސިޔާސީ އެކި މަގާމުތައް އަންނަނީ ދެމުންނެވެ. އެގޮތުން: 

  • ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ނާޒިމް އަލުން ވަނީ ރައީސް އޮފީހުގެ މަގާމަށް އައްޔަނުކުރައްވާފައި 

  • ކުރީގެ ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް ގަތަރު ސަފީރަކަށް ވަނީ އައްޔަންކޮށްފައި

  • ކުރީގެ ޓޫރިޒަމް އަދި ތިމާވެށީގެ މިނިސްޓަރު ތޯރިގު އިބްރާހިމް ވަނީ ޔޫއޭއީ ސަފީރަކަށް އައްޔަންކޮށްފައި

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް