ޕެންޝަން އޮފީސް.

ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ބޯޑަށް މެމްބަރުން އައްޔަންކުރަން 5 މެންބަރުންގެ ކޮމިޓީއެއް

އެ އުސޫލުގައި ބުނެފައިވާ ގޮތުގައި ޕެންޝަން އޮފީހުގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި، ބޯޑަށް އައްޔަންކުރަން ފެންނަ މީހުންނާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާނީ ނޮމިނޭޝަން ކޮމިޓީއަކުން
1 ގަޑިއިރު ކުރިން
1

ޕެންޝަން އޮފީހުގެ ބޯޑަށް މެމްބަރުން އައްޔަން ކުރާނެ ގޮތުގެ އުސޫލެއް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮޮފީހުން އެކުލަވާލައި، ގެޒެޓުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ އުސޫލުގެ މަގްސަދަކީ މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ ގޮތަކަށް ޕެންޝަން އޮފީހުގެ ބޯޑަށް މެމްބަރުން އައްޔަންކުރުމުގެ ކަންކަން ކުރިއަށްގެންދިއުމާއި އެ މަގާމަށް އައްޔަންކުރެވޭ މީހުންނަކީ ޝަރުތު ފުރިހަމަވާ، ގާބިލު މީހުންކަން ކަށަވަރު ކުރުމެވެ.

ތަފްސީލު - އެ އުސޫލުގައި ބުނެފައިވާ ގޮތުގައި ބޯޑުގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި، ބޯޑަށް އައްޔަންކުރަން ފެންނަ މީހުންނާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާނީ ނޮމިނޭޝަން ކޮމިޓީއަކުންނެވެ.

ބޯޑަށް މެމްބަރުން އައްޔަންކުރަން ޖެހޭ ކޮންމެ ފަހަރަކު އެކުލަވައިލާ އެ ކޮމިޓީގައި ތިބޭނީ:

  • 1-

    ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން

  • 2-

    ސެކިއުރިޓީސް މާކެޓު ރެގިއުލޭޓަރުގެ އިސް މުވައްޒަފެއް

  • 3-

    ފިނޭންސް މިނިސްޓްރީގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފެއް

  • 4-

    ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައިވާ މިނިސްޓްރީގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފެއް

  • 5-

    ވަޒީފާއާ ބެހޭ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައިވާ މިނިސްޓްރީގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފެއް

ނޮމިނޭޝަން ކޮމިޓީގެ މެމްބަރަކު ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް ސިޓިން އެލަވަންސްގެ ގޮތުގައި 1،500 ރުފިޔާ ޕެންޝަން އޮފީހުން ދޭން ޖެހޭނެ އެވެ.

އެ އުސޫލުގައި ބަޔާންކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި:

  • ބޯޑުގެ ޗެއާޕާސަން އަދި ޕްރައިވެޓް ސެކްޓަރަށް ނިސްބަތްވާ މެމްބަރުންގެ މަގާމު ފުރާ މީހުންގެ ދައުރު ހަމަވުމުގެ މަދުވެގެން 2 މަސް ކުރިން އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިއުލާންކުރަން ޖެހޭނެ

  • ބޯޑު މެމްބަރަކު އިސްތިއުފާ ދީފި ނަމަ ނުވަތަ އެހެން ސަބަބަކާ ހުރެ ބޯޑުގެ މަގާމެއް ހުސްވެއްޖެ ނަމަ ގިނަވެގެން 7 ދުވަހުގެ ތެރޭގައި އެ މަގާމަކަށް ކުރިމަތިލާން ހުޅުވާލަން ޖެހޭނެ

  • ޗެއާޕާސަން އަދި ޕްރައިވެޓް ސެކްޓަރުގެ މަގާމުތަކަށް މެމްބަރުން އައްޔަންކުރަން ނޮމިނޭޝަން ކޮމިޓީން ރައީސަށް ނަން ފޮނުވާއިރު، ކޮންމެ މަގާމަކަށް މަދުވެގެން 2 އަދި ގިނަވެގެން 3 ކެންޑިޑޭޓުންގެ ނަން ފޮނުވަން ޖެހޭނެ

  • މިނިސްޓްރީތަކުން ބޯޑަށް އައްޔަންކުރާ ފޮނުވާ ނަންތަކުގެ ތެރެއިން ނޮމިނޭޝަން ކޮމިޓީން އިވެލުއޭޓު ކުރުމަށްފަހު ރައީސަށް ފޮނުވަން ޖެހެނީ ކޮންމެ މިނިސްޓްރީއަކުން މަދުވެގެން އެއް ނަން

  • ނޮމިނޭޝަން ކޮމިޓީން އިވެލުއޭޓުކުރާ ކެންޑިޑޭޓުގެ ގާނޫނީ ޝަރުތު ހަމަވާކަން ކަށަވަރުކުރާނީ ސެކިއުރިޓީސް މާކެޓް ރެގިއުލޭޓަރު

އެ އުސޫލަށް އިއްޔެ ވަނީ އަމަލުކުރަން ފަށާފަ އެވެ.

ކޮމެންޓް (1)

profile-image-placeholder

ސަމްސީދު

47 މިނިޓު ކުރިން
ތި ކޮމިޓީއަށް މީހުން ލާން ވެސް އިތުރު ކޮމިޓީއެއް ހަދަން ވާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް