ހިމަބިހިން ދިފާއުވާން ޖަހާ ވެކްސިން. (ފޮޓޯ/ރޮއިޓާސް)

ހިމަބިހި

ހިމަބިހީގެ އިތުރު 4 ކޭސް؛ މި އަހަރުގެ މިހާތަނަށް ޖުމްލަ 15

ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ހިމަބިހީގެ ކޭސްތަކެއް މިދިޔަ މަހުގެ ކުރީކޮޅު މާލެ ސަރަހައްދުން ފެންނަން ވަނީ ފަށާފައި
1 ގަޑިއިރު ކުރިން

މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހި (މީސްލްސް)ގެ އިތުރު 4 ކޭސް ފެނިފައިވާ ކަމަށާއި މިހާތަނަށް މި އަހަރު ތެރޭ ހިމަބިހީގެ 15 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ހިމަބިހީގެ ކޭސްތަކެއް މިދިޔަ މަހުގެ ކުރީކޮޅު މާލެ ސަރަހައްދުން ފެންނަން ވަނީ ފަށައިފަ އެވެ. 

ތަފްސީލް - އެޗްޕީއޭން ބުނީ މިދިޔަ ހަފްތާ އެ ބަލީގެ އިތުރު 4 ކޭސް މާލެ ސަރަހަައްދުން ފެނި، އެ ބަލީގެ ކޭސްތަކުގެ ޖުމްލަ މިހާރު 15އަށް އަރާފައިވާ ކަމަށެވެ.

ހިމަބިހީގެ ކޭސްތައް އިތުރުވާތީ، ޝައްކުކުރެވޭ މީހުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުގައި ހެލްޕް ޑެސްކެއް ވެސް މިހާރު ވަނީ ގާއިމުކޮށްފަ އެވެ.

އެނގުން މުހިންމު - އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސްވަރު ހިމަބިހި ދަނީ ފެތުރެމުންނެވެ.

 އެ ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާ އެކު ރަތް ބިހިތަކެއް ނެގުމެވެ. މި އަލާމާތްތައް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމަކީ:

  • ހާލަތު ގޯސްވާނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުމާއި ފަރުވާ ހޯދަން ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުން

  • އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުން

  • ހިމަ ބިއްސަށް ޝައްކުވެގެން ޓެސްޓު ހަަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވުން

  • ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއެކު ބަލިން ރައްކާތެރިވުމަށް އަދި ބޮޑުވަރުވިޔަ ނުދިނުމަށް ވެކްސިން ފުރިހަމަކުރުން

  • ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭތަންތަނަށް ނުދިޔުން

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް