ހުޅުމާލެ ފޭސް 2. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ސްޓެލްކޯ

ހުޅުމާލެ ފޭސް 2ގެ ބައެއް ސަރަހައްދުތަކުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ

މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް ފޭސް 2ގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑި، އާންމުންނަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނު؛ އެ ދުވަހު ކަރަންޓުގެ ހިދުމަތް ދެވުނީ 9 ގަޑިއިރެއްހާއިރު ފަހުން

ޓެކްނިކަލް މައްސަލައެއް ދިމާވެ ހުޅުމާލެ ފޭސް 2ގެ ބައެއް ސަރަހައްދުތަކުން އަނެއްކާވެސް މިއަދު ކަރަންޓު ކެނޑިއްޖެ އެވެ.

ވީ ކިހިނެއް؟ - ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށާއި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ތަފްސީލް - ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަކީ:

  • ހިޔާ ޓަވަރު 5، 6، އަދި 7

  • ވިނަރެސްގެ 10 ޓަވަރު

  • އަމާން ދޯދި 12، 13، 14، 15، އަދި 16

  • އަމާން އުދަރެސް 5 އަދި 6

  • އެމްޕީއެލް ޓަވަރުތައް

މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް ފޭސް 2ގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑި، އާންމުންނަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އެ ދުވަހު ކަރަންޓުގެ ހިދުމަތް ދެވުނީ 9 ގަޑިއިރެއްހާއިރު ފަހުންނެވެ.





ކޮމެންޓް (1)

އަހުމަދު

25 އޭޕްރީލު 2026
ފިނޭންސް މިނިސްޓްރީން ކުލީގެ ސަބްސިޑީ ހުރިހާ ރައްޔަތުންނަށް ލިބޭނެގޮތް ހައްދަވައި ދެއްވުން އެދެން، ކުލީގެ ސަބްސިޑީ ލިބެންޖެހެނީ ހަމައެކަނި ސޯޝަލް ހައސިން ފުލެޓް ލިބޭ މީހުންނަތްތޯ. އެހެން ރައްޔަތުންވެސް އުޅެނީ ޖީބުން ކުލިދައްކައިގެން، ކޮބާތޯ އިންސާފާ ، ހަމަހަމަކަން
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް