ސަލްމާން މިސްކިތުގެ ތިން ވަނަ ފަންގިފިލާގައި ތަރައްގީކުރި އިސްލާމީ ކުތުބުހާނާ (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

15،000 އަށް ވުރެ ގިނަ ފޮތާ އެކު އިސްލާމީ ކުތުބުހާނާ ހުޅުވައިފި

ސަލްމާން މިސްކިތުގެ ތިން ވަނަ ފަންގިފިލާގައި އެ ކުތުބުހާނާ ތަރައްގީކޮށްފައިވަނީ ޒަމާނީ ފެންވަރަށް އަދި އެ ތަން ބޭނުންކުރާ މީހުންނަށް ހިތްފަސޭހަ ގޮތަކަށް

ސަލްމާން ރަސްގެފާނު މިސްކިތުގައި ތަރައްގީކުރި އިސްލާމީ ކުތުބުހާނާ މިރޭ ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ ކުތުބުހާނާ ހުޅުވައިދެއްވީ ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އެވެ.

އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ވަަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އިސްލާމީ ކުތުބުހާނާ ހުޅުވައިދެއްވަނީ. (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

ތަފްސީލު - އިސްލާމީ ކުތުބުހާނާ ހުޅުވީ ސަލްމާން މިސްކިތުގެ ތިންް ވަނަ ފަންގިފިލާގަ އެވެ.

ހިތްފަސޭހަ ގޮތަކަށް އަދި ޒަމާނީ ފެންވަރަށް ތަރައްގީކުރި އެ ކުތުބުހާނާގައި 15،000 އަށް ވުރެ ގިނަ ފޮތް މިހާރު ވެސް ވަނީ ބަހައްޓާފަ އެވެ.

  • ސަލްމާން މިސްކިތުގެ ތިން ވަނަ ފަންގިފިލާގައި ތަރައްގީކުރި އިސްލާމީ ކުތުބުހާނާ ހުޅުވުން. (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

ތަފްސީލު - އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މިސްކިތްތަކުގައި ލައިބްރަރީ ގާއިމްކޮށް، މިސްކިތްތަކަށް ދިރުން ގެނުވަން ސަރުކާރުން ހާއްސަ އަހަމިއްޔަތުކަމެއް ދޭ ކަމަށެވެ.

އޭގެ އިތުރުން މިނިސްޓަރު ވަނީ ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ދިވެހި އަދީބުންގެ ފޮތްތައް އެ ލައިބްރަރީއަށް ހަދިޔާކުރަން އިލްތިމާސްކުރައްވާފަ އެވެ.

  • ސަލްމާން މިސްކިތުގެ ތިން ވަނަ ފަންގިފިލާގައި ތަރައްގީކުރި އިސްލާމީ ކުތުބުހާނާ ހުޅުވުން. (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)
  • ސަލްމާން މިސްކިތުގެ ތިން ވަނަ ފަންގިފިލާގައި ތަރައްގީކުރި އިސްލާމީ ކުތުބުހާނާ ހުޅުވުން. (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)
  • ސަލްމާން މިސްކިތުގެ ތިން ވަނަ ފަންގިފިލާގައި ތަރައްގީކުރި އިސްލާމީ ކުތުބުހާނާ ހުޅުވުން. (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

އިސްލާމީ ކުތުބުހާނާ ހަގީގަތަކަށްވެ ހުޅުވުނީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ އެކަމުގައި މަސައްކަތް ކުރި އެންމެންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެނގުން މުހިންމު - ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުހާނާތައް އުފެއްދުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް