ޕޯސްޓް އޮފީހުގައި ބަޔަކު ޕެކޭޖުތަކެއް ނެގުމަށް މަޑުކޮށްލައިގެން: މި ދުވަސްވަރު އޯޑަރުކޮށްގެން ތަކެތި ގެނައުން ގިނަ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މި ހަފުތާއިން ފެށިގެން ޓީމޫ ޕެކޭޖްތައް އަވަސްވާނެ: ސީޕެކްސް

ސީޕެކްސް އިން ބުނި ގޮތުގައި، އެ ތަނަށް ޕެކޭޖް ލިބޭނެ ވަގުތު ބުނެދެވޭނީ މިހާރު ހުރި ބެކްލޮގްގެ މަސައްކަތް ނިމެމުންދާ ވަރަކަށް އަދި މިހާރު ހުރި ބެކްލޮގް މަދުވަމުން އަންނަ ކަމަށް ވެސް ބުނި

އޮންލައިން ވިޔަފާރި ޕްލެޓްފޯމު، ޓީމޫން ގެންނަ މުދާ ރާއްޖެ އައި ކަމުގައި ވިޔަސް، އެެ ތަކެތި އަތަށް ލިބުން ލަސްވެފައިވާ ކަމަށާއި އެކަމަކު މި ހަފުތާއިން ފެށިގެން މުދާ ލިބުން އަވަސް ވާނެ ކަމަށް އެ ހިދުމަތް ފޯރުކޮށްދޭ ސީޕެކްސް މޯލްޑިވްސްއިން ބުނެފި އެވެ.

ވީ ކިިހިނެއް؟ - ދިވެހިން މި ފަހުން ވިޔަފާރި ކުރަން ފެށި ޓީމޫން ގެންނަ ތަކެތި ލިބުން ލަސްވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އެނގިފައިވާ ގޮތުގައި، އެެހެން ދިމާވީ ކުއްލިއަކަށް ގިނަ ބަޔަކު އެ ވިޔަފާރި ކުރަން ފެށުމުންނެވެ.

ތަފްސީލް - ކާގޯ އާއި ފްރައިޓް ހިދުމަތް ދޭ ސީޕެކްސް އިން މިއަދު ބުނީ، ޓީމޫން 'ޕާރުސަލް ޕިކްއަޕް ޕޮއިންޓްއަށް ލިބިއްޖެ' ކަމަށް މެސެޖް ފޮނުވި ކަމުގައި ވިޔަސް، އޭގެ މާނައަކީ އެ ޕެކޭޖް ޕޯސްޓް އޮފީހާ ހަމައަށް ފޯރުން ކަމަށެވެ.

އެ ތަނުން ބުނި ގޮތުގައި:

  • ޖާގައިގެ ދަތިކަމާ ހުރެ ޕެކޭޖުތައް ލޮކަރުތަކާއި ކައުންޓަރުތަކަށް ލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން

  • އެކަމަކު [ޕެކޭޖް ބަލައި] ޕޯސްޓުން މެސެޖް ފޮނުވުމަށް ފަސް ދުވަަހަށް ވުރެ ގިނަ ދުވަހެއް ނުނަގާނެ

ސީޕެކްސް އިން ބުނި ގޮތުގައި، އެ ތަނަށް ޕެކޭޖް ލިބޭނެ ވަގުތު ބުނެދެވޭނީ މިހާރު ހުރި ބެކްލޮގްގެ މަސައްކަތް ނިމެމުންދާ ވަރަކަށެވެ. އަދި މިހާރު ހުރި ބެކްލޮގް މަދުވަމުން އަންނަ ކަމަށާއި މި ހަފުތާއިން ފެށިގެން ޕެކޭޖް ލިބުން އަވަސް ވެގެންދާނެ ކަމަށް އެ ތަނުން ބުންޏެވެ.

"ވީމާ، ޕޯސްޓުން ރަސްމީ އެސްއެމްއެސް ފޮނުވަންދެން ކެތްތެރިކަމާ އެކު މަޑުކޮށްލެއްވުން އެދެމެވެ،" އެ ތަނުން ބުންޏެވެ.

އެނގުން މުހިއްމު - ޓީމޫން ދިވެހިން ވިޔަފާރި ކުރަން ފެށިތާ ކުރީކޮޅު، ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕެކޭޖް ލިބެ އެވެ. އެކަމަކު ފަހުން އައިސް، އެ ކަމަށް މަހެއްހާ ދުވަސް ވެސް ނަގަ އެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ، އެ މީހުން އީދަށް ގަތް މުދާ، ވަގުތަށް ނުލިބިދާނެތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގުޅުން ހުރި - މީހުން ވިޔަފާރި ކުރާ މިންވަރު އިތުރުވެ، ޕޯސްޓު އޮފީހަށް ބާރުބޮޑުވުމުން މި ފަހުން އެތަނުން ވަނީ އިތުރު މުވައްޒަފުން ހޯދުމަށް ވެސް އިއުލާންކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް