ހިޔާ ޓަވަރު ސަރަހައްދުގައި ފުލުހުންނާއި އާއްމުން އެކުގައި ހެނދުނުގެ ސައި ބޮނީ (ފޮޓޯ/ޕޮލިސް)
ފުލުހުން ހިޔާ ފްލެޓްތަކުގެ މީހުންނާ ގުޅުން ބަދަހިކުރަން ކެއުމެއް ބާއްވައިފި
ހުޅުމާލޭ ޕޮލިސް ސްޓޭޝަނުގެ ފުލުހުން، ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންނާ ގުޅުން ބަދަހިކުރުމަށް ކެއުމެއް ބާއްވައިފި އެވެ.
ތަފްސީލް - ފުލުސް އޮފީހުން ބުނިގޮތުގައި 'އަވައްޓެރިންގެ ނާސްތާ'ގެ ނަމުގައި މިއަދުގެ ހެނދުނުގެ ސައި ފުލުހުން ބާއްވާފައިވަނީ، ހިޔާ ޓަވަރު 9 އަދި 10ގައި އުޅޭ މީހުންނާ ގުޅިގެންނެވެ. ޓަވަރުގެ ތިރީގައި ސައި ހަދާފައި ހުރި އިރު، އެތަނުގައި އުޅޭ ގިނަ ބަޔަކާއި ފުލުހުން އެ ނާސްތާގައި ބައިވެރިވި އެވެ.
ފުލުހުން ބުނިގޮތުގައި މި ހަރަކާތުގެ މަގްސަދަކީ:
-
ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުން
-
ހިޔާ ސަރަހައްދު އަމާން އަދި ރައްކާތެރި މާހައުލަކަށް ހެދުން
ފުލުސް އޮފީހުން ބުނިގޮތުގައި މި ފަދަ ހަރަކާތްތަކުގެ ސަބަބުން މުޖުތަމައުގެ ރައްކާތެރިކަމާއި ހަމަޖެހުމަށް މަގުފަހިކޮށްދޭނެ އެވެ.
އެނގުން މުހިއްމު - ފަހަކަށް އައިސް ހިޔާ ޓަވަރު ސަރަހައްދުގައި އެކި ބާވަތުގެ ކުށްތައް ކުރުން ވަނީ އާއްމުވެފަ އެވެ. ބައެއް ފްލެޓްތަކުގެ ތެރޭގައި މީހުން ރަހީނުކުރުމާއި މަސްތުވާތަކެތީގެ މައްސަލަތައް ފެންމަތިވެފައިވެ އެވެ.
ކޮމެންޓް (3)
ވެރިއެއް
ޒަންޖަބީލު
އިބްރާހިމް