ރައީސް މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު. (ފޮޓޯ/ރައީސް އޮފީސް)
އިނގިރޭސިވިލާތު ދަތުރުފުޅަށް ފަހު ރައީސް އެނބުރި ރާއްޖެއަށް
ދަތުރުފުޅުގެ ހުރިހާ ހަރަދެއް ކުރެއްވީ އަމިއްލަފުޅަށް ކަމަށް ރައީސް އޮފީހުން ބުނޭ
29 ނޮވެމްބަރު 2024
ރައީސް މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އިނގިރޭސިވިލާތަށް ކުރެއްވި އަމިއްލަ ދަތުރުފުޅަށް ފަހު މިއަދު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.
ތަފްސީލް - ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭގަ އެވެ. އަށް ދުވަހުގެ ދަތުރަށް ފަހު އެ ދެކަނބަލުން އެނބުރި ވަޑައިގެންނެވީ މިއަދު މެންދުރު ފަހު އެވެ.
ރައީސް އޮފީހުން ކުރިން ބުނިގޮތުގައި، އެ ދަތުރުގެ ހުރިހާ ހަރަދުތަކެއް ރައީސް ކުރައްވާނީ އަމިއްލަފުޅަށެވެ.
ކޮމެންޓް