ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިމިގްރޭޝަންގެ އޮފިސަރުން ބިދޭސީންގެ ވިސާ ބަލާ ފާސްކުރަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ބިދޭސީންގެ މައްސަލަތަކުގައި ނަހަމަ ގޮތުގައި ފައިސާ ނެގި އިމިގްރޭޝަންގެ ފަސް މުވައްޒަފެއްގެ މައްސަލަ ބަލަނީ
ބިދޭސީންނާ ގުޅުން ހުރި ކަންތައްތަކެއް ކޮށް ނަހަމަ ގޮތުގައި ފައިސާ ހޯދިކަމުގެ ތުހުމަތުގައި އިމިގްރޭޝަންގެ ފަސް މުވައްޒަފެއްގެ ތަހުގީގެއް ފަށައިފި އެވެ.
ވީ ކިހިނެއް؟ - ހޯމް މިނިސްޓަރު އަލީ އިހްސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
ތަފްސީލް - އެ މައްސަލައާ ގުޅޭ ގޮތުން އިހްސާން ވިދާޅުވީ އެ މީހުންގެ މައުލޫމާތު ލިބުމާ އެކު ފުލުހުން މެދުވެރިކޮށް ތަހުގީގު ފަށާފައިވާ ކަމަށެވެ.
"ޔުނިފޯމު އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމުގެ ހުރުމަތްކަނޑާ، ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރު ގެއްލުވަމުންދާ ފަރާތްތަކާ ދޭތެރޭ ގާނޫނީ ގޮތުން އެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް އަންގަވާފައިވާ ކަމެއް،" އިހުސާން ވިދާޅުވި އެވެ.
އެކަމަކު އެ މުވައްޒަފުން މިހާރު ތިބީ މަސައްކަތުން އެކަހެރިކޮށްފައި ކަމެއް ނުވަތަ ނޫން ކަމެއް އެ ޕޯސްޓްގައި ލިއުއްވާފައެއް ނުވެ އެވެ. ވިދާޅުވީ ތަހުގީގު ކުރިއަށް ދާ ވަރަކަށް ކަމާ ބެހޭ އިދާރާތަކުން ތަފްސީލު ހާމަކުރާނެ ކަމަށެވެ.
ޔުނިފޯރމުއެޅި މުއައްސަސާތަކުގެ ތެރޭގައިތިބެ ޔުނިފޯރމުގެ ހުރުމަތްކަނޑާ، ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރުގެއްލުވަމުންދާ ފަރާތްތަކާ ދޭތެރޭ ޤާނޫނީގޮތުން އެޅޭ އެއްމެ ހަރުކަށިފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް އަންގަވާފައިވާކަމެއް. މިގޮތުން މޯލްޑިވްސް…
— Minister of Homeland Security & Technology (@min_mohst) November 28, 2024
އެނގުން މުހިންމު - ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ފޮނުވާލުމުގެ އޮޕަރޭޝަނެއް މި ސަރުކާރުން އަންނަނީ ހިންގަމުންނެވެ. އެ އޮޕަރޭޝަންގައި އަތުލައިގަނެވޭ މީހުންގެ ތެރެއިން އެތައް ހާސް ބަޔަކު މިހާރު ވެސް ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ.
ކޮމެންޓް (1)
ހިތަދޫ