ކާރެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން (ފޮޓޯ/ ޕޮލިސް)

ފުލުހުން

ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި 2 މީހުން ހައްޔަރުކޮށްފި

އެ ކާރުގައި ރޯކޮށްލާފައިވަނީ މިދިޔަ ހޯމަ ދުވަހު
28 ނޮވެމްބަރު 2024

ބުރުޒުމަގުގައި ހުންނަ ސިނަމާލެ 1 ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ކާރުގައި ރޯކޮށްލާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ އިރުއޮއްސި 6:25 ހާއިރު ކަމަށެވެ.

ތަފްސީލް - އެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ ދެ މީހުންނަކީ:

  • ހާލިދު މަހްމޫދު، 35، މ. އަރާކުރި

  • ހަސަން ނަސީމް، 31، ބްލޫވިންޑް/އދ. މާމިނގިލި

ފުލުހުން ބުނި ގޮތުގައި، އެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގް ކުރަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް