ފުލުހުން މަގުމަތި ބެލެހެއްޓުމުގައި. (ފޮޓޯ/ދިރާގު)
ފޭސްބުކް އެކައުންޓެއް ހެކްކޮށްގެން ފައިސާ ހޯދަމުން ދިޔަ މައްސަލައެއް ފުލުހުން ބަލަނީ
މީހެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށްގެން އެހެން ތިން ވަނަ ފަރާތްތަކުން ފައިސާ ހޯދަމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވާ ގޮތުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ އެވެ.
ތަފްސީލް - އެ މައްސަލައިގެ ތަފްސީލް ދެމުން ފުލުހުން ބުނީ:
-
ހެކް ކޮށްފައިވަނީ އަންހެނެއްގެ ފޭސްބުކް އެކައުންޓް
-
އެ އެކައުންޓުން އެހެން މީހުންނަށް މެސެޖްކޮށްގެން ފައިސާ ދަނީ ހޯދަމުން
-
މިހާތަނަށް ހޯދާފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރޭ
-
އަދި މި މައްސަލާގައި މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ހާމައެއް ނުކުރޭ
އިތުުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ އެ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.
އެނގުން މުހިންމު - ފޭސްބުކް އެކައުންޓް ހެކްކޮށްގެން މީހުންނަށް މެސެޖްކޮށްގެން ފައިސާ ހޯދާ މައްސަލަތައް ރާއްޖޭގައި ވަރަށް ގިނަ އެވެ.
ކޮމެންޓް (2)
ލޫތު
މީހާ