އެމްއެންޔޫ އާއި މެލްބޯން ޔުނިވާސިޓީއާ ދެމެދު އެމްއޯޔޫގައި ސޮއިކުރުން. (ފޮޓޯ/އެމްއެންޔޫ)

އެމްއެންޔޫ އާއި މެލްބޯން ޔުނިވާސިޓީ ގުޅިގެން މަސައްކަތް ކުރަން އެމްއޯޔޫއެއް

އެ އެމްއޯޔޫގެ ދަށުން ދެ ޔުނިވާސިޓީ ގުޅިގެން ދިރާސާތައް ހެދުމާއި އެކަޑެމިކް އެކްސްޗޭންޖް ޕްރޮގްރާމް ހިންގުމުގެ ފުރުސަތު ފަހިކުރާނެ
19 ނޮވެމްބަރު 2024

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި އޮސްޓްރޭލިއާގެ މެލްބޯން ޔުނިވާސިޓީ ގުޅިގެން އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ދިރާސާތަކެއް ހެދުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - އިއްޔެ އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި ސޮއިކުރެއްވީ:

  • އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް

  • މެލްބޯން ޔުނިވާސިޓީގެ ފަރާތުން ރޮންޑާ ޑީ ބިއާސް

އެމްއެންޔޫ އާއި މެލްބޯން ޔުނިވާސިޓީއާ ދެމެދު އެމްއޯޔޫގައި ސޮއިކުރުން. (ފޮޓޯ/އެމްއެންޔޫ)

ބުނީ ކީކޭ؟ - އެމްއޯޔޫގައި ސޮއިކުރެއްވުމަށް ފަހު ޝެހެނާޒް ވިދާޅުވީ މެލްބޯން ޔުނިވާސިޓީ ފަދަ ތަނަކާ އެކު މިފަދަ މަސައްކަތެއް ގުޅިގެން ކުރުމަކީ އެމްއެންޔޫގެ އަމާޒުތަކާއި ލަނޑުދަނޑިތައް ހާސިލުކުރަން ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ތަފްސީލު - އެ އެމްއޯޔޫގެ ދަށުން ދެ ޔުނިވާސިޓީ ގުޅިގެން ދުނިޔެއަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކާއި ދެމެހެއްޓެނިވި ތަރައްގީ އަދި ތައުލީމާއި ދިރާސާކުރުން ކުރިއަރުވަން މަސައްކަތް ކުރާނެ އެވެ.

އެ އެމްއޯޔޫއާ އެކު:

  • ގުޅިގެން ދިރާސާ ހެދުމުގެ ފުރުސަތު ތަނަވަސް ކުރެވޭނެ

  • އެކަޑެމިކް އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގޭނެ

  • ދަރިވަރުންނާއި ފެކަލްޓީ އަދި ދެ ޔުނިވާސިޓީ ނިސްބަތްވާ މުޖުތަމައަށް ފައިދާކުރާ އެހެން މަސައްކަތްތައް ކުރެވޭނެ

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް
admin@mnu.edu.mv
3345101

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް