ސަލްމާން މިސްކިތާއި ކުޑަހެންވޭރު ފުޓްސަލް ދަނޑު މެދުގައި އޮންނަ ޕާކިން ޒޯނުގައި ފުލުހުން އަދި ސިފައިން ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ސިފައިންނާއި ފުލުހުންގެ ސްކީމް ހުއްޓާލައި އަމިއްލަ އިންޝުއަރެންސަށް ބަދަލު ކުރަނީ
ސިފައިންނާއި ފުލުހުންގެ ސިއްހީ ކަންކަމަށް މިހާރު ދައުލަތުން ހަރަދު ކުރަން ޖެހޭ މިންވަރު މަދު ކުރުމުގެ ގޮތުން އެ މީހުންނަށް ދޭ ދައުލަތުގެ އިންޝުއަރެންސް ހުއްޓާލައި އަމިއްލަ އިންޝުއަރެންސްއަކަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ ތަފްސީލު ރިޕޯޓުގައިވާ ގޮތުން، އާސަންދަ އާއި މެޑިކަލް ވެލްފެއާ ބަދަލު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފަ އެވެ.
ތަފްސީލު - އެ ރިޕޯޓުގައި ބުނީ، އާސަންދަ އަދި މެޑިކަލް ވެލްފެއާގެ އިތުރުން ސިފައިންނާއި ފުލުހުން އަދި އެ މީހުންގެ އާއިލާތަކަށް މެޑިކަލް ވެލްފެއާ ސްކީމް މިހާރު ބައްޓަންވެފައިވާ ގޮތުން އެއް ފަރުވާއަކަށް ނުވަތަ އިތުރު ސްކީމެއް ކަނޑައެޅި ދައުލަތުން ދަނީ ހަރަދު ކުރަމުންނެވެ. އެގޮތުން ރިޕޯޓުގައި ބުނީ:
-
މިއަހަރުގެ ނިޔަލަށް ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާއަށް އާސަންދައިގެ ބޭރުން ޖުމްލަ 321.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ
-
މި ސްކީމަށް މިހާރު ލިމިޓެއް ކަނޑައަޅާފައި ނުވާއިރު، ކޮސްމެޓިކް ޕްރޮސީޖާތަކާއި ބައެއް ކޮންސިއުމަބަލްސް ވެސް މި ސްކީމްގެ ތެރެއިން ލިބޭ ގޮތަށް ހަމަޖެހިފައި އޮވޭ
"ވީމާ މި ސްކީމްގެ ބަދަލުގައި، ސިފައިންނާއި ފުލުހުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް އެއްހަަމަކޮށް، ޕްރައިވެޓް އިންޝުއަރަންސް ޕެކޭޖެއް ހަމަޖައްސައި އަހަރުގެ ތެރޭގައި ދައުލަތުން ހަރަދުކުރަން ޖެހޭ މިންވަރު ކޮންޓްރޯލްކުރަން ވަނީ ނިންމާފައި،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެގޮތަށް ނިންމަނީ، މިހާރު އާންމުންނަށް ވެސް އަމަލު ކުރާ ގޮތަށް ޕްރައިވެޓް އިންޝުއަރެންސްއިން ކަވަރު ކުރާ ބައި ހަމަވުމަށް ފަހު، އާސަންދަ ނިޒާމުން ހިދުމަތް ލިބޭ ގޮތަށް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
"އާސަންދަ ނިޒާމަށް މި ފަރާތްތަކުން ވެސް ރުޖޫއަވި ނަމަވެސް، ފުލުހުންނާއި ސިފައިން ވަޒީފާ އަދާކުރުމުގެ ތެރެއިން ލިބޭ އެންމެހާ ގެއްލުންތަކަށް ދައުލަތުން ފުރިހަމައަށް ހަރަދު ކުރަމުން ގެންދާނެ،" ރިޕޯޓުގައި އިތުރަށް ބުނެފައިވެ އެވެ.
ރިޕޯޓުގައިވާ ގޮތުން، މި ބަދަލު ގެނައުމަށް މަސައްކަތް ކުރަނީ އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެންނެވެ.
ކޮމެންޓް (2)
ޕޮލިހެއް
ޝަނީޒް