ފޭސް 2 ފަޅުތެރޭގައި އަލިފާން ރޯވި ސަފާރީ (ފޮޓޯ/ އެމްއެންޑީއެފް)
ހުޅުމާލެ ފޭސް 2 ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ރޯވެއްޖެ
ހުޅުމާލެ ފޭސް 2 ފަޅުގައި އޮތް ސަފާރީއެއްގައި ރޭ ރޯވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްއެންޑީއެފުން މިއަދު މީޑިއާތަކަށް ފޮނުވިި މެސެޖެއްގައި ބުނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ރޯވެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ތަފްސީލް - އެމްއެންޑީއެފުން ބުނި ގޮތުގައި:
-
ރޯވެފައިވަނީ 'ބުލޫވޭގާ' ނަމަކަށް ކިޔާ ސަފާރީއެއްގައި
-
އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 3:42 ހާއިރު
-
އެ ހާދިސާ ހިނގާފައިވަނީ ކިހިނެއް ކަމެއް އަދި ހާމައެއް ނުކުރޭ
-
ހާދިސާ ހިނގިއިރު އޭގައި އެއްވެސް މީހަކު ހުރި ކަމެއް ނުވަތަ ނެތް ކަމެއް އަދި ސާފެއް ނުވޭ؛ އެހެންވެ އެއްވެސް މީހަކަށް އަނިޔާވި ކަމެއް ސާފެއް ނުވޭ
-
އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯއިން ފެންނަ ގޮތުގައި ސަފާރީ އެކީހެން ވަނީ އަނދާފައި
-
އަލިފާންގަނޑު ނިއްވާލެވުނު ކަމެއް ވެސް އަދި ހާމައެއް ނުކުރޭ
އެމްއެންޑީއެފުން އިތުރަށް ބުނީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ތަނުން ބުނީ އިތުރު މައުލޫމާތު ލިބޭ ވަރަކުން މީޑިއާތަކާ ހިއްސާކުރަމުން ދާނެ ކަމަށެވެ.
ކޮމެންޓް