ބަންގްލަދޭޝްގެ ގާމެންޓް ފެކްޓަރީއެއް (ފޮޓޯ/ އިންޑިއާގެ ފައިނޭންޝަލް އެކްސްޕްރެސް ނޫސް)
އިންޑިއާގެ ރޫޓު ދޫކޮށް، ބަންގްލަދޭޝް އިން ރާއްޖެ މަގުން އަންނައުނު އެކްސްޕޯޓް ކުރަން ފަށައިފި
އިންޑިއާގެ މަގު ދޫކޮށް، ބަންގްލަދޭޝް އިން ރާއްޖެ މަގުން އަންނައުނު އެކްސްޕޯޓް ކުރަން ފަށައިފި އެވެ.
ވީކިހިނެއް؟ - ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ގާމެންޓް ނުވަތަ އަންނައުނު އުފައްދާ ބަންގްލަދޭޝް އިން އިންޑިއާގެ މަގުން އެ ތަކެތި ބޭރު ކުރުން ހުއްޓާލީ، އެ ރޫޓުން ރަނގަޅު އާމްދަނީއެއް ލިބުން ދަތިވުމުން ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ތަފްސީލް - އިންޑިއާގެ ބައެއް ނޫސްތަކުގައި ވެސް މި ކަން ރިޕޯޓުކޮށްފައިވަނީ ޔޫރަޕަށް އެ ގައުމުން އަންނައުނު ބޭރު ކުރާ ކުންފުނިތަކުގެ އެޖެންޓުންނާ ހަވާލާދީ އެވެ.
ކީކޭ ބުނީ؟ - މި ހަބަރާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން 'އެކްސް'ގައި ޕޯސްޓް ކުރައްވައި ލިޔުއްވާފައިވަނީ މިދިޔަ ޖޫންގައި ދިވެހި ސަރުކާރުން ގާއިމުކުރި ސީ ޓު އެއާ ކާގޯ ޓްރާންސްފާގެ ހިދުމަތްތައް ކުރިއަށްދާ ތަން ފެނުމުން ވަރަށް އުފާވާ ކަމަށެވެ.
"ޑިމާންޑު ބޮޑުވެ، ރާއްޖެއިން މެދުއިރުމައްޗާއި ޔޫރަޕަށް ކުރާ ދަތުރުތަކުގައި ބޭނުން ނުކުރާ މުދާ އުފުލާ ޖާގަތައް ވެސް ދަނީ ފުރެމުން،" އަމީން ލިޔުއްވާފައިވެ އެވެ.
"މީގައި އަޅުގަނޑުމެންގެ އެންމެ އިސް މަސައްކަތަކަށް ދެން ވާނީ ކުރިއަރަމުން އަންނަ މި ސިނާއަތް ރެގިއުލޭޓްކޮށް ހިމާޔަތްކުރުން، އަދި އަޅުގަނޑުމެންގެ ލޯކަލް ވިޔަފާރިތަކަށް މިއިން އާމްދަނީ ލިބޭނެ ގޮތްތަކެއް މަގުފަހިކުރުން."
We are excited to see the progress of our new sea-to-air cargo transfer services, established in June 2024! The demand is growing, filling unused freight space on flights from the Maldives to the Middle East and Europe. Our priority is to regulate and protect this developing… pic.twitter.com/x7zJxRFZ9N
— Mohamed Ameen (@ameen3d) November 2, 2024
ކޮމެންޓް