އަކްޝޭ ކުމާރު: ރާއްޖެ ނާންނަން އޭނާ އިންޑިއާ މީހުންނަށް ހިތްވަރު ދިންތާ މަސްތަކެއް ފަހުން މިހާރު އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން
އިންޑިއާ މީހުން ނާންނަން ހިތްވަރުދިން އަކްޝޭ ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ
ބޮލީވުޑް ތަރި އަކްޝޭ ކުމާރު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަން ފަށައިފި އެވެ.
ފާހަގަކުރެވޭ - އަކްޝޭ މީގެ މަސްތަކެއް ކުރިން ވަނީ އިންޑިއާ މީހުން ޗުއްޓީއަށް ރާއްޖެ ނައިސް އެ ގައުމުގައި ޗުއްޓީ ހޭދަކުރަން ހިތްވަރު ދީފަ އެވެ.
އާ އަހަރު ފާހަގަކުރަން މި އަހަރުގެ ކުރީކޮޅު ވެސް ރާއްޖެ އައި އަކްޝޭ އެ ޗުއްޓީގެ ފަހުން އެ މޭރުމުން ވާހަކަ ދެއްކީ އިންޑިއާ މީހުންނަށް ގައުމުގައި ތިބެގެން ވެސް މޫދާއި ގޮނޑުދޮށުގެ ރީތިކަން ތަޖުރިބާ ކުރެވޭނެކަން ރައްޔިތުންނަށް އަންގައިދެއްވަން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓުވީޓަކަށް ރައްދު ދީ މަލާމާތް ރައްދުވާ ގޮތަށް ބައެއް ދިވެހިން ވާހަކަ ދައްކަން ފެށުމުންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ބަޔަކު ވެސް ހިމެނުނެވެ.
އަކްޝޭގެ އެ ޕޯސްޓުގައި ބުނީ، ރާއްޖޭގެ ފާހަގަ ކުރެވޭ ބައެއް ބޭފުޅުން އިންޑިއާއަށް ރައްދުވާ ގޮތަށް މަލަމާތާއި ފުރައްސާރަކޮށް ވާހަކަ ދައްކާފައިހުރި ޕޯސްޓުތަކެއް ފެނިފައިވާ ކަމަށެވެ.
އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުުމު ކަމަށާއި އެފަދަ މުހިއްމު ގައުމެއްގެ ރައްޔިތުންނާ މެދު ގޯސްކޮށް ކަންތައް ކުރާތީ ހައިރާންވާ ކަމަށް އޭނާ ބުންޏެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި އަކްޝޭ ރާއްޖެ އައީ އިއްޔެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އެތަނުގެ މުވައްޒަފަކު އަކްޝޭއާ އެކު ނަގާފައިވާ ފޮޓޯއެއް އިއްޔެ ވަނީ އާންމުވެފަ އެވެ.
-
ނަމަވެސް އަކްޝޭ ޗުއްޓީ ހޭދަކުރަމުންދަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ސާފެއް ނުވޭ
-
އަކްޝޭ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ މަންޒަރެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފައެއް ނުވޭ
ފާހަގަކޮށްލެވޭ - މިދިޔަ މަހު ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ބޮލީވުޑްގެ އެހެން ބައެއް ތަރިންނާ ބައްދަލުކުރައްވައި ބޮލީވުޑް ފިލްމުތައް ޝޫޓު ކުރުމަށް ވެސް ރާއްޖެ އައުމަށް ވަނީ ދައުވަތު ދެއްވައިފަ އެވެ.
ކޮމެންޓް (3)
އިބްރާހިމް
ޭސައީދު
ދޮނެބެއްޔާގެ އަލިދީދީ