29 މެއި 2024: ސުޕްރީމް ކޯޓް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މަތީ ތައުލީމު

އެމްކިޔުއޭ އިން ގަބޫލު ނުކުރި ޕީއެޗްޑީއެއް ގަބޫލުކުރަން ހުކުމް ކުރުމުން ސުޕްރީމް ކޯޓަށް

ސްރީ ލަންކާގެ އެއިމްސް ކޮލެޖުން، ފިލިޕީންސްގެ އަލްޑާސްގޭޓާ ގުޅިގެން ހިންގި ކޯހަކަށް 2016 ވަނަ އަހަރު ވަނީ އެމްކިއުއޭ އިން ފުރަތަމަ ހުއްދަ ދިން. އަދި އެކަން އާއްމުކޮށް އިއުލާންކުރި
20 އޮކްޓޯބަރު 2024

ބޭރުގެ ކޮލެޖަކުން ޕީއެޗުޑީއަށް ކިޔެވި ދަރިވަރުންތަކެއް، އެ މީހުންގެ ސެޓްފިކެޓް ގަބޫލުނުކޮށްގެން ކޯޓަށް ދިޔަ މައްސަލާގައި ޕީއެޗްޑީ ގަބޫލުކުރުމަށް ހައި ކޯޓުން ކުރި ހުކުމް މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ކަމުގެ ފެށުން - ސްރީ ލަންކާގެ އެއިމްސް ކޮލެޖުން، ފިލިޕީންސްގެ އަލްޑާސްގޭޓާ ގުޅިގެން ހިންގި ކޯހަކަށް 2016 ވަނަ އަހަރު އެމްކިއުއޭ އިން ހުއްދަ ދިނެވެ. އަދި އެކަން އާއްމުކޮށް އިއުލާންކުރި އެވެ.

އެކަމަކު ފަހުން ވީ ގޮތަކީ:

  • 2018 ވަނަ އަހަރު އެ ކޯސް ބަލައިނުގަތުމަށް ނިންމީ، އެހާތަނަށް ކޯސް ފެށި ދަރިވަރުންގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލު ކުރާނެ ކަމަށް އެންގުމަށް ފަހު

  • އޭރު ކޯސް ފުރިހަމަ ކުރަމުން ދިޔަ ދަރިވަރުން ކޯސް ފުރިހަމަ ކުރުމަށް ފަހު 2021ގައި ހުށަހެޅުމުން ސެޓްފިކެޓް ގަބޫލު ނުކުރަން ނިންމި

ވީ ކިހިނެއް؟ - މި މައްސަލާގައި ތިން ދަރިވަރަކު ސިވިލް ކޯޓަށް ދިޔުމުން އެ ކޯޓުން ނިންމީ ޕީއެޗްޑީ ގަބޫލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ދަރިވަރުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ މަހު ހައި ކޯޓުން ހުކުމްކުރީ ޕީއެޗްޑީ ގަބޫލުކުރުމަށެވެ.

ތަފްސީލް - ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި މިދިޔަ ހަފުތާ އާދީއްތަ ދުވަހު، އެމްކިއުއޭން ވަނީ ހައި ކޯޓުގެ ހުކުމް އިސްތިއުނާފުކޮށްފަ އެވެ.

އެނގުން މުހިންމު - އެ ޕްރޮގްރާމް އެމްކިއުއޭ އިން ގަބޫލުނުކުރާ ސަބަބުތަކުގެ ގޮތުގައި ފާހަގަކުރީ:

  • ގައުމެއްގެ ތައުލީމީ ބޯޑުން ބަލައިނުގަންނަ ޕްރޮގްރާމަކަށް ރާއްޖެއިން ވެސް ހުއްދައެއް ނުދެވޭނެ

  • ކޮލެޖަކުން ޕީއެޗްޑީ ޕްރޮގްރާމެއް ނުުހިންގޭނެ؛ ރާއްޖޭގައި ވެސް ޕީއެޗްޑީގެ ކޯސްތައް ހިންގުމުގެ ހުއްދަ ދީފައި އޮންނަނީ ހަމައެކަނި ޔުނިވަސިޓީތަކަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް