ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެތި؛ މިތަކެތި ފެނިފައިވަނީ ރާއްޖެ އައި އިންޑިއާގެ ދެމަފިރިންގެ ލަގެޖުން(ފޯޓޮ/ކަސްޓަމްސް)
ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯގެ ޑްރަގު އަތުލައިގެންފި
ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ވީ ކިހިނެއް؟ - ކަސްޓަމްސް އިން މިއަދު ބުނިގޮތުގައި އަތުލައިގެންފައިވަނީ 2.05 ކިލޯގެ ހެރޮއިން އިންނެވެ. މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމްސް އިން ހާމަކޮށްފައެއް ނުވެ އެވެ.
ތަފްސީލް - ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އިންޑިއާގެ ދެމަފިރިއަކު އަންގާރަ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެމީހުން ތިން ދުވަހަށް ކަސްޓޯޑިއަލް ޖަލެެއްގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ބުދަ ދުވަހު ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ:
-
މުހައްމަދު ޝޯއިބް 41، އިންޑިއާ
-
އައިޝާ 38، އިންޑިއާ
އެމީހުންގެ ކޯޓު އަމުރުން އެނގޭގޮތުގައި:
-
މި ދެމަފިރިން ރާއްޖެއާއިރު ގެނައި ލަގެޖުން ކޮންސީލުކޮށްފައިވާ ދެ ކިލޯގެ މަސްތުވާތަކެތި ފެނިފައިވޭ
-
ބަންދަން ކުރު މުއްދަތެއް ޖަހާފައިވަނީ ތަރުޖަމާނަކު ޝަރީއަތް ފެށުމާ ހަަމަަޔަށް ވެސް ތަރުޖަމާނަކު ހަމަޖެހިފައި ނުވާތީ
-
މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ފުލުހުން ހުށަހަޅާފައިވޭ