ރަސްދޫ މަތިން ނަގާފައިވާ ފޮޓޯއެއް

ޓޫރިސްޓުން

ރަސްދުއަށް ޗުއްޓީއަށް އައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

މި މަހުގެ ކުރީކޮޅު ވެސް ވަނީ ޗައިނާގެ ފިރިހެނަކު ގެނބިގެން މަރުވެފައި
14 އޮކްޓޯބަރު 2024

އއ. ރަސްދުއަށް ޗުއްޓީ ހޭދަކުރުމަށް އައި ޓޫރިސްޓަކު، ސްނޯކަލް ކުރަން އުޅުމުގެ ތެރޭގައި ގެނބިގެން އިއްޔެ މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނި ގޮތުގައި، އުމުރުން 27 އަހަރުގެ ޗައިނާގެ އެ ފިރިހެން މީހާ މަރުވީ، ރަސްދޫއާ މާދުރު ނޫން ހިސާބެއްގައި އޮންނަ އއ. ގަންގެހި ރިސޯޓު ބޭރަށް ސްނޯކަލް ކުރަން ގޮސް އުޅެނިކޮށެވެ.

އެ އަތޮޅު، އަތޮޅު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އެ ތަނަށް ގެންދިޔަ އިރު އޭނާ އޮތީ މަރުވެފައި ކަމަށެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

އެނގުން މުހިއްމު - ހަނީމޫނަށް ރާއްޖެ އައި ދެމަފިރިންގެ ތެރެއިން، ފިރިހެން މީހާ މި މަހުގެ ހަތް ވަނަ ދުވަހު ވެސް ވަނީ ގެނބިގެން މަރުވެފަ އެވެ. ކ. މާފުށީގައި ސްނޯކެލިންއަށް ގޮސް އުޅެނިކޮށް މަރުވީ ވެސް ޗައިނާގެ މީހެކެވެ.

ރާއްޖޭގައި ދޭތެރެ ދޭތެރެއިން ޓޫރިސްޓުން ގެނބިގެން މަރުވެ އެވެ. އެކަމަކު މިދިޔަ އަހަރާ ބަލާއިރު މި އަހަރުގެ މިހާތަނަށް، ޓޫރިސްޓުން މަރުވި ނިސްބަތް ދަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް