ހިޔާގެ ޓަވަރެއް (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
ވާރޭ ވެހޭއިރު ހިޔާއަށް ފެން ވަންނަ މައްސަލަ އަދިވެސް ހައްލެއްނުވޭ
ބޯކޮށް ވާރޭ ވެހޭ ދުވަސްދުވަހު ހިޔާ ފްލެޓުތަކަށް ފެން ވަންނަ މައްސަލަ އަދިވެސް ހައްލުނުވާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނެފި އެވެ.
ތަފްސީލު - މިހާރު މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރާގައި ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހި ހިޔާގެ އިމާރާތެއްގެ ކޮރިޑޯއަށް ފެން ވަދެ ފެންބޮޑުވެފައިވާތަން ފެންނަ ވީޑިއޯއެއް މީހަކު ވަނީ އާންމުކޮށްފަ އެވެ.
ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމާ އެކު ވެސް، ވާރޭ ވެހޭއިރު ފެން ވަދެ ގެއްލުން ވާކަން ފާހަގަވި އެވެ. ފެން ވިއްސައި ބައެއް ފްލެޓުތަކުގެ ހިފާ ގެންގުޅޭ ސާމާނަށް ގެއްލުން ވާކަމުގެ ޝަކުވާތަކާ އެކު އެޗްޑީސީ އިން އޭރު ވަނީ އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ވެސް ކޮށްފަ އެވެ.
އޭރު އެޗްޑީސީ އިން ބުނީ:
-
ފެން ވަންނަ މައްސަލަ ހައްލު ކުރުމަށް ތިން ވައްތަރެއްގެ މެޓީރިއަލް ޓެސްޓު ކުރަން ފަށާފައިވާ ކަމަށް
-
ފެން ވަންނަކަން ފާހަގަކުރެވޭ ޓަވަރުތަކުގެ މަތީ ބުރިތަކުގައި އެ މެޓީރިއަލްތައް ޓެސްޓުކޮށް، ޓެސްޓުތަކުގެ ނަތީޖާ ރަނގަޅު ނަމަ ފެން ވަންނަ ހުރިހާ ފްލެޓެއްގައި އެ ތަކެެތި ބޭނުންކުރަން ކުރާނެ ކަމަށް
-
ފްލެޓުތަކުގެ ތެރެއަށް ފެން ވިއްސަނީ ބޯކޮށް ވާރޭ ވެހޭ ވަގުތު، ވައި ޖެހޭ މިސްރާބު ހުންނަ ގޮތުންކަން ފާހަގަކުރެވިފައިވާ ކަމަށް
Miadhu ves hiyaage haalathakee mee. Mikankamun minjuve amaaan kamaa ekee athunai ulheveynee kon dhuvahakun baa? Thanage baladhuveriyaa @hdcmaldives ah mikan engenee kihaavarakahbaa? Mi kamuge sababun hadha gehlumeh vey? @commonersmv @FaZuLRaShYd @axanner pic.twitter.com/PZsw4uSCKl
— Maumoon Ali (Maanu) (@MaumoonAli212) October 11, 2024
ހިޔާގައި އުޅޭ މީހަކު އެކްސްގައި ވީޑިއޯއާ ކުރި ޕޯސްޓުގައި ވަނީ އެ އިމާރާތްތަކަށް ފެން ވަދެ ކޮރިޑޯގައި ފެންބޮޑުވާ މައްސަލައިގެ މައުލޫމާތު އެޗްޑީސީއަށް އެނގެނީ ކިހާވަރަކަށްތޯ ސުވާލުކޮށްފަ އެވެ. ފެންބޮޑުުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބޭކަން ވެސް އޭނާގެ ޕޯސްޓުގައި ފާހަގަކޮށްފައިވެ އެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީގެ ބަހެއް އަދި ނުލިބެ އެވެ.