ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ކ) އާއި އޭނާ ކައިވެނިބައްލަވާ ގަންނަވާ އައިމިނަތު ޒާރާ
ސިޔާމް މާދަމާ ޒާރާއާ ކައިވެނި ބައްލަވައިގަންނަވަނީ
އެރި އަޑުތަކާއި ސޯޝަލް މީޑިއާގައި ފެތުރި ވާހަކަތައް އެންމެ ފަހުން މި އޮތީ ދިމާވެ، ހަގީގަތަކަށް ވެފަ އެވެ.
ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަދި ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދު އާއި މިދިޔަ ބޮޑު އީދުގައި ބ. ކަމަދޫން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ލިބުނު ނެށުންތެރިޔާ އާމިނަތު ޒާރާގެ ކައިވެނި މާދަމާ އެކުރަނީ އެވެ.
އީދު ތެރޭގައި ޒާރާ މަޝްހޫރުވީ ރާއްޖޭގެ ފިލްމީ ތަރިއަކަށް ވެސް ނުވަތަ ސޯޝަލް މީޑިއާގެ ނުފޫޒުވެރިންނަށް ވެސް އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނުލިބޭނެހާ އަވަހަށެވެ. އޭނާ އާއި އީދު ނެށުންތައް ހުށައެޅި އެހެން ބައިވެރިންނަށް ތައުރީފް އާއި ލޯބީގެ ބަސްތަކުން ސޯޝަލް މީޑިއާ ފުރާލި އެވެ.
ދެން މިދިއަ އޮގަސްޓް މަހު ފެތުރުނީ ސިޔާމްގެ އެހީތެރިކަން ކަމަދޫ މުޅި ރައްޔިތުންނަށް ހުޅުވާލި ވާހަކަތަކެވެ. ހާއްސަކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ބޭސްކުރަން ބޭނުން އެ ރަށު ރައްޔިތުންނަށް 'ސަން ސިޔާމް ކެއާ'ގެ ދަށުން އެހީތެރިކަން ލިބޭނެކަން ރަށު ކައުންސިލުން އިއުލާން ވެސް ކުރީ އެވެ.
މިކަހަލަ ކުއްލި ބޮޑެތި ކަންކަމާ ކޮންމެވެސް އެހެން ސަބަބެއް ނުގުޅިއެއް ނުދެ އެވެ. އެ ސަބަބަކީ، ސޯޝަލް މީޑިއާގައި އެކި މީހުން ބުނި ގޮތަށް، ޒާރާ އެވެ. ޒާރާ އާއި ސިޔާމް ކައިވެނިކުރައްވަން ތައްޔާރުވުމެވެ.
ކަމަދޫން 'ދައުރު'އާ ވަހަކަ ދެއްކި މީހަކު މިއަދު ބުނީ ޒާރާގެ ކައިވެންޏަށް މުޅި އާއިލާ ވެސް މިހާރު ތިބީ މާލޭގައި ކަމަށެވެ.
ކައިވެނި ކުރަން ނިންމާފައިވަނީ:
-
ކައިވެނި އޮންނަނީ ސިޔާމްގެ ކ. އޮޅުވެލި ރިސޯޓުގައި
-
އޮޅުވެލި ރިސޯޓް މިހާރު އަންނަނީ ކައިވެންޏަށް ތައްޔާރުކުރަމުން
-
ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ކައިވެނިކުރާ ތަނަށް ބަދަލު އަތުވެދާނެ
ކައިވެންޏަށް ފަހު މާދަމާ ރިސޯޓުގައި ޕާޓީއެއް ވެސް އޮވެ އެވެ. އެކަމަކު އޭގެ މާނައަކީ ކަމަދޫގެ ރައްޔިތުންގެ މަތިން ސިޔާމް އާއި ޒާރާ ހަނދާން ނައްތާލެއްވުމެއް ނޫނެވެ. ރަށުގެ ރައްޔިތުންނަށް ހާއްސަ ހަފްލާއެއް އެ ރަށުގައި ބާއްވަން ވެސް އޮތީ ނިންމާފައިވާ ކަމަށް ވެސް ރަށު މީހުން ބުނެ އެވެ.
ރަން ކިޔުމުގައި ޒާރާ ހުށައެޅުއްވި ލަވައެއް
ޒާރާ އާއި ސިޔާމްގެ ކައިވެނީގެ ރަން ކިޔުމުގެ ހަފްލާގެ ވީޑިއޯއެއް މިއަދު ވަނީ ދައުރުވާން ފަށައިފަ އެވެ. އެގޮތުން:
-
ދިވެހިންގެ ސަގާފީ ތީމަށް ޝިޔާމްގެ ރިސޯޓެއްގައި އޮތް އެ ހަފްލާގައި، ހުދު ލިބާހެއްގައި ހުންނެވި ޒާރާ ވަނީ ސިޔާމްއަށް ލަަވައެއް ކިޔައިދެއްވާފައި
-
އެ ހަފްލާ އޮތީ ރިސޯޓުގެ އަތިރިމަތީގައި
-
އެ ހަފްލާގައި ޖަހާފައި އޮތީ 'ރަން ކިއުމުގެ ދަރުބާރު'
-
އާއިލާ އާއި ގާތް މީހުން ވެސް ސަގާފީ ހެދުމުގައި ތިބިއިރު ސިޔާމް ވެސް އެ ތަނުގައި އިންނެވި
އެނގުން މުހިންމު - ސިޔާމް މިހާރު ވެސް އުޅުއްވަނީ ކައިވެނިބައްލަވައިގެންނެވެ. އެގޮތުން އޭނާގެ އަނބިކަނބަލުންނަކީ މޮރޮކޯގެ ބޭފުޅެކެވެ.
ސިޔާމް ވަނީ އޭގެ ކުރިން ވެސް އެކި ކައިވެނީގައި އަހަރުތަކެއް ހޭދަކުރައްވައިފަ އެވެ.
ކޮމެންޓް (6)
ށަހު ވޭނިއު
ކޮސް
ނޫންތީ
އަފީފާ
އަޙުމަދު މޫސާ
އަންހެނުން