ކޮފްސީ ސިރަޕް

ކެއްސާތީ ބޯ 'ކޮފްސީ ސިރަޕް' ވިއްކަން އަލުން ހުއްދަދީފި

އެ ސިރަޕުގައި ކުނޑިިކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިފައިވާކަމަށް ބުނެ އެ ވިއްކުން މަނާކުރީ މިދިޔަ މަހުގެ 19ގައި.
29 ސެޕްޓެމްބަރު 2024

ރާއްޖެ އެތެރެކޮށް ބޭނުންކުރަމުގެންދާ ކެއްސާތީ ބޯ ބޭހެއް ކަމަށްވާ 'ކޮފްސީ ސިރަޕް'އިން މައްސަލަތަކެއް ފާހަގަވެގެން އެ ބޭސް ރާއްޖޭގައި ބޭނުންކުރުމާއި އެތެރެކުރުން ވަގުތީ ގޮތުން މަނާކުރުމަށްފަހު އަލުން ހުއްދަ ދީފި އެވެ.

ވީ ކިހިނެއް؟ - ކޮފްސީ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކުރީ މިދިޔަ މަހުގެ 19ގަ އެވެ.

އެ އިދާރާއިން އޭރު ބުނީއެ އެ ސިރަޕުގައި ކުނޑިިކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ

ތަފްސީލް - އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބޭހުގެ މާކެޓުން ލިބެންހުރި ބެޗުތަކުގެ ސާމްޕަލް ނަގައި އިތުރަށް ޓެސްޓްކޮށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ބޭހުގައި މައްސަލައެއް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ބޭހަކީ އިންޑިއާގެ ޗެންނާއީއަށް ނިސްބަތްވާ، 'އެމްއެމްސީ ހެލްތު ކެއާ' ނަމަކަށް ކިޔާ ކުންފުންޏަކުން އުފައްދާ ބޭހެކެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރާއްޖެއަށް އެތެރެކުރާ ކެއްސާތީ ބޯ ބޭހުގެ ބާވަތްތަކަކީ އެމްއެފްޑީއޭ އިން ކުރަމުންދާ ތަހުލީލުތަކުގައި އާންމުކޮށް ވެސް މައްސަލަތައް ފާހަގަވާ ބޭސްތަކެކެވެ. މީގެ ކުރިން ވެސް ކެއްސާތީ ބޯ ބޭހުގެ ބައެއް ބްރޭންޑުތަކުގެ ބޭސްތަކުން މައްސަލަތައް ދިމާވެ ބައެއް ބޭސްތައް ރާއްޖެ އެތެރެކުރުން މަނާކޮށްފައި ވެސް ވެއެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް