އޮސްޓްރޭލިއާ ސަރުކާރުގެ އިސް ބޭފުޅުންނާ އެކު މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމީ މަޝްވަރާގެ ތެރެއިން (ފޮޓޯ/ފޮރިން މިނިސްޓްރީ)
ގުޅުން ބަދަހިކުރުމަށް ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ރަސްމީ މަޝްވަރާ ބައްދަލުވުމެއް
ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ފުރަތަމަ ފަހަރަށް މަތީ ފަންތީގެ ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
ތަފްސީލް - ގުޅުން ބަދަހިކުރުމުގެ ގޮތުން ދިވެހި ސަރުކާރާއި އޮސްޓްރޭލިއާ ސަރުކާރާ ދެމެދު ފޮރިން މިނިސްޓްރީގައި މިއަދު މެންދުރުފަހު ބޭއްވި މި ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އެވެ. އަދި އޮސްޓްރޭލިއާ ވަފުދުގައި އިސްކޮށް ހުންނެވީ އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ފަސްޓް އެސިސްޓެންޓް ސެކްރެޓަރީ ސާރާ ސްޓޯރީ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި:
-
ތަފާތު ދާއިރާތަކާ ބެހޭގޮތުން ދެ ގައުމުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި
-
އޭގެތެރޭގައި ވެރިކަން ހިންގުމާއި ޑިމޮކްރަސީ އާއި ވިޔަފާރީގެ ދާއިރާ އާއި ފަތުރުވެރިކަމާއި މޫސުމަށް އަންނަ ބަދަލުތަކާއި ދިފާއީ، ސަލާމަތީ އަދި ތަރައްގީގެ ދާއިރާ ހިމެނޭ
މި ބައްދަލުވުމުގައި ރާއްޖޭގެ ހަތް މިނިސްޓްރީއެއްގެ އިސް ބޭފުޅުންނާއި އެހެނިހެން ބައެއް އިދާރާތަކުގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
އެއީ:
-
ޑިފެންސް މިނިސްޓްރީ
-
އެމްްއެންޑީއެފް
-
ކޯސްޓް ގާޑު
-
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ
-
ފުލުހުން
-
ކަސްޓަމްސް
-
އިކޮނޮމިކް މިނިސްޓްރީ
-
ފިނޭންސް މިނިސްޓްރީ
-
ޓޫރިޒަމް މިނިސްޓްރީ
-
ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓްރީ
-
އެޓާނީ ޖެނެރަލްގެ އޮފީސް
-
އެންވަޔަރްމަންޓް މިނިސްޓްރީ