ކޮލަމްބޯ، އޮގަސްޓް 15، 2024: އިަންނަ ހޮނިހިރު ދުވަހު ވޯޓުލާ އިރު އިދިކޮޅ ޕީޕަލްސް ޕަވާގެ ލީޑަރު އަނޫރާ ކުމާރަ ދިސަނަޔަކަ އުޅުއްވަނީ ކުރީގައި [ފޮޓޯ/ އޭޕީ}

ރާއްޖެ-ލަންކާ

ރާއްޖެ-ލަންކާ ގުޅުން އިތުރަށް ބަދަހިވާނެ ކަމުގެ ޔަގީންކަން އަނޫރާ ދެއްވައިފި

ރައީސް މުއިއްޒު 'އެކްސް'ގައި ކުރެއްވި އެ ޕޯސްޓް އަނޫރާ ރީޕޯސްޓް ކުރެއްވުމަށް ފަހު އެމަނިކުފާނަށާއި ދިވެހިންނަށް ޝުކުރު ދެންނެވި.
23 ސެޕްޓެމްބަރު 2024

ރާއްޖެއާއި އަވައްޓެރި ސްރީލަންކާއާ ދެމެދު މި އޮތް ތާރީހީ ގުޅުން އިތުރަށް ބަދަހި ކުރާނެ ކަމުގެ ޔަގީންކަން، ސްރީލަންކާގެ އާ ރައީސް އަނޫރާ ކުމާރަ ދިސަނަޔަކަ ދެއްވައިފި އެވެ.

ވީ ކިިހިނެއް؟ - ސްރީލަންކާގެ ރައީސް ކަމަށް މިދިޔަ ހޮނިހިރު ދުވަހު އަނޫރާ އިންތިހާބުވެވަޑައިގަތުމުން، ރައީސް މުހައްމަދު މުއިއްޒު އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ އެދިވަޑައިގަތީ ގުޅުން އިތުރަށް ބަދަހި ކުރުމަށެވެ. 

ރައީސް މުއިއްޒު 'އެކްސް'ގައި ކުރެއްވި އެ ޕޯސްޓް އަނޫރާ ރީޕޯސްޓް ކުރެއްވުމަށް ފަހު އެ މަނިކުފާނަށާއި ދިވެހިންނަށް ޝުކުރު ދެންނެވި އެވެ.

ތަފްސީލް - އަނޫރާގެ ޕޯސްޓްގައި އިތުރަށް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ތާރީހީ ގުޅުން އިތުރަށް ބަދަހިކޮށް، ސަރަހައްދީ ކަންކަމުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށް ފުރުސަތު ލިބުމަކީ އެ މަނިކުފާނު ވަރަށް އުފާ ކުރައްވާނެ ކަމެއް ކަމަށެވެ.

ލަންކާ އިންތިހާބުގެ ނަތީޖާ: 

  • ވާތު ފިޔައިގެ ލީޑަރު އަނޫރާ އިންތިހާބު ކާމިޔާބުކޮށްފައިވަނީ، %42 ވޯޓުން

  • އަނޫރާއާ އެންމެ ގާތުގައި އުޅުއްވީ، %33 ވޯޓާ އެކު ސަޖިތު ޕްރޭމަދާސާ

  • ކުރީގެ ރައީސް ރަނިލަށް ލިބުނީ ތިންވަނަ، އެއީ %17 ވޯޓް

އެނގުން މުހިންމު - އިއްޔެ ބޭއްވި އިންތިހާބުގައި ލަންކާގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 17 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް %75 މީހުން ވޯޓުލާފައިވާ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.  

މިއީ 2022 ވަނަ އަހަރު ސްރީލަންކާގެ އިގްތިސާދު ވަޅުޖަހައި، ތެލާއި ބޭހާއި ކައްކާ ގޭސް ފަދަ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް ފައިސާ ދެއްކުމަށް ދަތިވުމަށް ފަހު ބޭއްވި ފުރަތަމަ އިންތިހާބެވެ.

އެ އިގުތިސާދީ ކާރިސާގައި ރައްޔިތުން ނުކުމެ، އޭރު އޮތް ގޯޓާބަޔަ ރާޖަޕަކްސަގެ ސަރުކާ ދެކޮޅަށް މުޒާހަރާކޮށް އޭނާގެ ރަސްމީގެ ގެކޮޅަށް ވަދެ ގަނެ، ރައްޔިތުން ކެކި އުތުރި އެރުމުން ގޯޓާބަޔަފިއްލަވައި، ފަހުން އިސްތިއުފާ ދެެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް