ސްރީލަންކާގެ ކޮލޮމްބޯގައި ބޭއްވި ރިޔާސީ އިންތިހާބު އޮތް ދުވަހު، ނޭޝަނަލް ޕީޕަލްސް ޕަވާގެ ރިޔާސީ ކެންޑިޑޭޓް އަނޫރާ ކުމާރާ ޑިސަނަޔަކަ ވޯޓުލުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ [ފޮޓޯ/ ރޮއިޓާސް]
ރައީސްގެ މަރުހަބާ އަނޫރާއަށް، އެދެނީ ގުޅުން ބަދަހިވުމަށް
ސްރީ ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އަނޫރާ ކުމާރަ ދިސަނަޔަކައަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ވީ ކިިހިނެއް؟- އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު އެ ގައުމުގެ ވާތު ފިޔައިގެ ލީޑަރު އަނޫރާ އިންތިހާބު ކާމިޔާބުކޮށްފައިވަނީ، %40 ވޯޓުންނެވެ. އޭނާއާ އެންމެ ގާތުގައި އުޅުއްވަނީ، %33 ވޯޓާ އެކު ސަޖިތު ޕްރޭމަދާސާ އެވެ.
އަނޫރާއަށް ލިބިވަޑައިގެންނެވި މި ކާމިޔާބީއަށް މަރުހަބާ ވިދާޅުވަމުން، އެކްސްގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާތް އަވައްޓެރިއެއްގެ ގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ލަންކާ އާއި ރާއްޖެއާ ދެމެދު އޮތީ ވަރަށް ތާރީހީ ގުޅުމެއްކަން ވެސް ފާހަގަ ކުރެއްވި އެވެ.
އިންތިހާބީ ރައީސް އަނޫރާ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު އެވެ.
އިއްޔެ ބޭއްވި އިންތިހާބުގައި ލަންކާގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 17 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް %75 މީހުން ވޯޓުލާފައިވާ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
މިއީ 2022 ވަނަ އަހަރު ސްރީލަންކާގެ އިގްތިސާދު ވަޅުޖަހައި، ތެލާއި ބޭހާއި ކައްކާ ގޭސް ފަދަ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް ފައިސާ ދެއްކުމަށް ދަތިވުމަށް ފަހު ބޭއްވި ފުރަތަމަ އިންތިހާބެވެ.
އެ އިގުތިސާދީ ކާރިސާގައި ރައްޔިތުން ނުކުމެ، އޭރު އޮތް ގޯޓާބަޔަ ރާޖަޕަކްސަގެ ސަރުކާ ދެކޮޅަށް މުޒާހަރާކޮށް އޭނާގެ ރަސްމީގެ ގެކޮޅަށް ވަދެ ގަނެ، ރައްޔިތުން ކެކި އުތުރި އެރުމުން ގޯޓާބަޔަފިއްލަވައި، ފަހުން އިސްތިއުފާ ދެެއްވި އެވެ.
ކޮމެންޓް (1)
ޙިރިގާ