ރައީސް މުހައްމަދު މުއިއްޒު، ކުންފުނީގެ ގާނޫނަށް ރައްޔިތުންގެ މަޖިިލީހުން ގެނައި އިސްލާހު ތަސްދީގުކުރެއްވުން. (ފޮޓޯ/ރައީސް އޮފީސް)

ގާނޫނު

ކުންފުނިތަކުގެ ބޯޑަށް އަވަހަށް މެމްބަރުން އައްޔަންކުރާ އިސްލާހު ތަސްދީގުކޮށްފި

މި އިސްލާހާ އެކު ކުންފުނިތަކުގެ ޑިރެކްޓަރުންގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމަށް މީހުން އައްޔަން ކުރަން ރަޖިސްޓްރާ އޮފް ކޮމްޕެނީސްއިން އަންގާ ދުވަހުން ފެށިގެން ލިބޭނީ 10 ދުވަސް
18 ސެޕްޓެމްބަރު 2024

ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަން ކުރުމަށް މިހާރު އޮންނަ މުއްދަތު ކުރުކުރަން ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި ކުންފުނީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު އެވެ. އެ އިސްލާހު ހުށަހެޅީ ކުންފުނިތަކުގެ އާންމު ޖަލްސާތައް ބޭއްވުމަށް ނޯޓިސް ދޭން ޖެހޭ މުއްދަތު ކުރުކުރުމަށާއި ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަން ކުރުމަށް މިހާރު އޮންނަ މުއްދަތު ކުރުކުރުމަށެވެ.

އަލަށް ގެނައި އިސްލާހުގައި:

  • ހިއްސާދާރުންގެ ހާއްސަ އާންމު ޖަލްސާއަކަށް އެދި ހުށަހަޅުމަށްފަހު ތިން ދުވަހުގެ ތެރޭގައި ނޯޓިސް ފޮނުވާ ގޮތަށް މުއްދަތު ވަނީ ކުރުކޮށްފައި؛ ކުރިން އޮތް ގޮތުން އެކަމަށް 21 ދުވަސް ލިބޭ

  • ޖަލްސާ ބާއްވަން އެދި ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހޭނެ؛ ކުރިން އޮތް ގޮތުން ޖަލްސާ ބާއްވަން ތިން މަހުގެ މުއްދަތެއް ލިބޭ

  • އަމިއްލަ ކުންފުނިތަކުން ހާއްސަ އާންމު ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 14 ދުވަސް ކުރިން ނޯޓިސް ފޮނުވަން ކަނޑައެޅި މުއްދަތު 7 ދުވަހަށް ކުރުކުރުން

  • ޕަބްލިކް ކުންފުނިތަކުން ހާއްސަ އާންމު ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 14 ދުވަސް ކުރިން ނޯޓިސް ފޮނުވަން ދީފައި އޮތް މުއްދަތު 7 ދުވަހަށް ކުރުކުރުން

  • ޕަބްލިކް އަދި އަމިއްލަ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމަށް މީހުން އައްޔަން ކުރަން ރަޖިސްޓްރާ އޮފް ކޮމްޕެނީސްއިން އަންގާ ދުވަހުން ފެށިގެން ޑިރެކްޓަރަކު އައްޔަންކުރަން ލިބޭ މުއްދަތު 30 ދުވަހުން 10 ދުވަހަށް ކުރުކުރުން

މި އިސްލާހަށް އަމަލުކުރާނީ މިއަދުން ފެށިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް