ރައީސް މުއިއްޒު ޔޫއޭއީގެ ރައީސަށް ފޮނުއްވި ސިޓީ އެ ގައުމުގެ ފޮރިން މިނިސްޓަރާ ހަވާލުކުރެއްވުން (ފޮޓޯ/ޔޫއޭއީގެ ފޮރިން މިނިސްޓްރީ)
ޔޫއޭއީގެ ރައީސަށް ރައީސް މުއިއްޒު ފޮނުއްވި ސިޓީ ރައްދުކުރައްވައިފި
ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދު އަލް ނަހުޔާން އަށް ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ، އެ ގައުމުގެ ފޮރިން މިނިސްޓަރު އަދި ޑެޕިޔުޓީ ޕްރައިމް މިނިސްޓަރު ޝައިހް އަބްދުﷲ ބިން ޒައިދު އާ ހަވާލު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒުގެ ސިޓީ ޔޫއޭއީގެ ފޮރިން މިނިސްޓަރާ ހަވާލު ކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު ޔޫއޭއީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަބްދުﷲ ބިން ޒައިދު އާ އޭކު ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ.
ތަފްސީލް - އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެ އާއި ޔޫއޭއީގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
އެ ބައްދަވުމުގައި ރާއްޖެ އާއި ޔޫއޭއީ އާ ދެމެދު އޮންނަ ޒަމާންވީ، ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ބައިނަލްއަގުވާމީ މަސްރަހުގައި ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުމާ ގުޅޭގޮތުން ދެ ވަޒީރުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޒަމީރު ވަނީ ޔޫއޭއީ އިން ރާއްޖެއާ މެދު ބަހައްޓާ ގާތް ގުޅުމާއި ދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި އެކަންކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.