'ދިވެހި ގައުމިއްޔަތުގެ އިސްވަރު' ރައީސް އިފްތިތާހުކޮށްދެއްވައި، އެ ކޮލެޖްގެ ކައުންސިލް މެންބަރުންނާއެކު
ގައުމިއްޔަތުގެ ދިރާސާތަކަށް ހާއްސަ ކޮލެޖް 'އިސްވަރު' އިފްތިތާހުކޮށްފި
ގައުމިއްޔަތުގެ ދިރާސާތައް ހެދުމަށް ސަރުކާރުން އުފައްދަން ނިންމި ހާއްސަ ކޮލެޖް، 'ދިވެހި ގައުމިއްޔަތުގެ އިސްވަރު' ރައީސް މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މި ކޮލެޖް އިފްތިތާހުކޮށްދެއްވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ހަފްލާގަ އެވެ.
ތަފްސިލު - އެ ރަސްމިއްޔާތުގައި އެ ކޮލެޖާ ގުޅޭ ގޮތުން ދިން ޕްރެޒެންޓޭންގައި ބުނީ އެ ކޮލެޖު ވާނީ ރައީސް މުއިއްޒު އެކަށައަޅުއްވާފައިވާ ގައުމިއްޔަތު އިޔާދަކުރެއްވުމުގެ ގައުމީ ނިޒާމްގެ މުހިންމު އެއް ގުނަވަނަށް ކަމަށެވެ.
'އިސްވަރު' އެކުލެވިގެންވަނީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށެވެ. އެއީ:
-
ދިވެހި ބަސްގެ ވަރު
-
ދިވެހި ތާރީހުގެ ވަރު
-
ދިވެހި ތަރިކައިގެ ވަރު
-
ދިވެހި ސުމޭކުގެ ވަރު
-
ދިވެހި ފަންނުގެ ވަރު
އެއިން ކޮންމެ ދާއިރާއަކަށް މި ރަސްމިއްޔާތުގައި އިސް ބޭފުޅުން އައްޔަންކޮށްފައިވެ އެވެ. އަދި އެ އިސް ބޭފުޅުންނަކީ، މި ކޮލެޖްގެ ކައުންސިލްގެ ފަސް ބޭފުޅުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
މަރްޔަމް ތައުފީގާ، މ. ޑްރީމީ ލައިޓް (ދިވެހި ބަހުގެ އިސްވާރު)
-
ކަށީމާ އަހްމަދު ޝާކިރު، މއ. ކަށީމާ (ދިވެހި ތާރީހުގެ އިސްވާރު)
-
ހަސަން ޒަރީރު، ސ. މަރަދޫ/ލޮނުފެން (ދިވެހި ތަރިގައިގެ އިސްވާރު)
-
މުހައްމަދު އަބްދުލްގާދިރު، ގ. ގޯޅިތޭރެގެ (ދިވެހި ސުމޭކުގެ އިސްވާރު)
-
މަރްޔަމް އިޝާ އަޒީޒް، ހ. ހާދި (ދިވެހި ފަންނުގެ އިސްވާރު)
އެ ނަން އެ ކޮލެޖަށް ދިން ގޮތް މި ޖަލްސާގައި ވާހަކަ ދެއްކެވި ދިވެހި ބަހާއި ތަރިކައާ ގުޅޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވަނީ ވިދާޅުވެދެއްވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
'ވަރު' މި ލަފްޒު ނެގިފައި ވަނީ، ގައުމީ ދުވަހުގެ ބަތަލު ރާއްޖެ މިނިވަން ކުރުމަށް ފަހު، ކަންކަން ބެލެހެއްޓުމަށް އުފެއްދި ގްރޫޕްތަކަށް ކިޔާ ނަމުން
އެނގުން މުހިންމު - ގައުމިއްޔަތަށް ހާއްސަ ކޮލެޖް ހިމެނޭ ގޮތަށް ގައުމިއްޔަތު ދިރުވުމަށްޓަކައި ތިން އިދާރާއެއް އުފެއްދެވުމަށް ރައީސް މުއިއްޒު ނިންމަވާފައު ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ.
އެ ކޮލެޖާ ގުޅޭ ގޮތުން މިނިސްޓަރު އާދަމް ނަސީރު މީގެ ކުރިން ވިދާޅުފައިވާ ގޮތުން، އެ ކޮލަޖީ ކިޔެވުމަށް ހާއްސަ ކޮލެޖެއް ނޫނެވެ. މިއީ ރާއްޖޭގެ ސަގާފަތާ ގުޅޭ އެކި ތަފާތު ދިރާސާތައް ކުރުމަށް ހާއްސަ ކޮލެޖެކެވެ.
ކޮމެންޓް (1)
ސިކުނޑި