ޑރ. މަރިޔަމް ޒުލްފާއަށް މިދިޔަ ޑެސެމްބަރު މަހު އެލްޖީއޭގެ ސީއީއޯކަމުގެ ލިއުން ރައީސް މުހައްމަދު މުއިއްޒު ހަވާލުކޮށްދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)

އެލްޖީއޭ

ޒުލްފާ އެލްޖީއޭގެ ސީއީއޯކަމުން ވަކިކޮށް ފޮރިންގެ ސްޓޭޓް މިނިސްޓަރަކަށް

މި ބަދަލު ގެންނަން ނިންމާފައި ވަނީ ސަރުކާރުން އުންމީދު ކުރާ މިންވަރަށް އެލްޖީއޭ ނުހިންގޭތީ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވަނީ ވިދާޅުވެފައި

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުން ޑރ. މަރިޔަމް ޒުލްފާ ވަކިކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަން ކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ބަދަލު ގެނެސްފައިވާކަން ސަރުކާރުގެ އޮފިޝަލަކު 'ދައުރު'އަށް މިއަދު ކަށަވަރުކޮށްދެއްވި އެވެ.

ތަފްސީލު - މިދިޔަ 26 ޑިސެމްބަރުގައި އެލްޖީއޯގެ ސީއީއޯއަކަށް އައްޔަންކުރި ޒުލްފާ އެ މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް، ސަރުކާރުގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި ގޮތުގައި، މި ބަދަލު ގެންނަން ނިންމާފައި ވަނީ ސަރުކާރުން އުންމީދު ކުރާ މިންވަރަށް އެލްޖީއޭ ނުހިންގޭތީ އެވެ.

"ވަރަށް ތައުލީމީ ގާބިލު ބޭފުޅެއް ޒުލްފާ އަކީ. އެހެން ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ހުންނެވުމުން، މި ސިސްޓަމް ހިނގާ ގޮތް ރަނގަޅަށް ނޭނގެނީ ކަމަށް ބެލެވެނީ. އެލްޖީއޭ އާއި ކައުންސިލްތަކާ އެކު އޮންނަން ޖެހޭ ގުޅުން ވެސް ކުޑަ،" އޭނާ ވިދާޅުވި އެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމަކީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެއް ނޫނެވެ. ޒުލްފާއާ އެކު ފޮރިން މިނިސްޓްރީގައި މިހާރު ހަ ބޭފުޅުންނަށް ވުރެ ގިނަ ސްޓޭޓް މިނިސްޓަރުން ތިއްބަވާނެ އެވެ.

އެނގުން މުހިންމު - ޒުލްފާ އަކީ:

  • ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެއް 

  • ނަޝީދުގެ ވެރިކަން 7 ފެބުރުއަރީ 2012ގައި ބަދަލުވުމާ އެކު، ރާއްޖެ ދޫކުރައްވައި ބޭރަށް ދިރިއުޅުން ބަދަލުކުރެއްވި

  • އޭގެ ފަހުން އޭނާ އަލުން ރާއްޖެ ވަޑައިގަތީ މިދިޔަ އޮކްޓޫބަރުގައި 

  • މިދިޔަ ނޮވެމްބަރު މަހުގެ ތެރޭ، ވެރިކަން ކުރާ ޕީއެންސީއާ ވަނީ ގުޅިވަޑައިގެންފައި

ކޮމެންޓް (1)

އައްޑާ

4 އޯގަސްޓު 2024
ނާޤާބިލްވެގެން ހަވާލުކުރެވުނު ޒިންމާ އަދާ ނުކުރެވުނީމާ، އެއަށްވުރެ މަޤާމު މަތި އެހެން ވަޒީފާއަކަށް އައްޔަން ކުރުމުން އެކަން ވަކި ކުރެވިދާނެތޯ؟ ހައްތަހާވެސް މަތި ބުރަވަނީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް