ހަނިމާދޫ އެއާޕޯޓު. މާރާމާރީ ހިންގި މުވައްޒަފުވަނީ ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައި (ފޮޓޯ/ރީޖަނަލް އެއާޕޯޓްސް)

މާރާމާރީ

ހަނިމާދޫ އެއާޕޯޓްގައި މާރާމާރީ ހިންގި މުވައްޒަފަކު ހައްޔަރުކޮށްފި

އެ މާރާމާރީގައި މީހަކަށް އަނިޔާވެ، ހަނިމާދޫ ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާދެމުން
2 އޯގަސްޓު 2024

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ދެ މުވައްޒަފަކު މާރާމާރީ ހިންގައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިރޭ 8 ޖަހާކަށްހާއިރު އެ އެއާޕޯޓުގައި މާރާމާރީ ހިންގި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ތަފްސީލް - ފުލުހުން ބުނިގޮތުގައި ދެ މުވައްޒަފެއްގެ ދޭތެރޭގައި ހިނގި އެ މާރާމާރީގައި އެކަކަށް އަނިޔާވެގެން ހަނިމާދޫ ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާދެމުންނެވެ.

ފުލުހުން އިތުރަށް ބުނީ:

  • ދެ މުވައްޒަފުން މާރާމާރީ ހިންގާފައިވަނީ ހަތިޔާރު ބޭނުންކޮށްގެން ކަމަށް

  • މާރާމާރީގައި ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް