ކުޅުދުއްފުށީގައި ބަންގްލަދޭޝް ފިރިހެނެއްގެ އަތުން ފޭރުނު ކަމަށް ތުހުމަތުކުރެވޭ އަންހެން މީހާގެ ހެދުމުގައި ބަންގްލަދޭޝް މީހާ ހިފައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް
ކުޅުދުއްފުށީގައި ބަންގްލަދޭޝް ފިރިހެނެއްގެ އަތުން ފޭރުނު ދިވެހި އަންހެނަކު ހައްޔަރުކޮށްފި
ހދ. ކުޅުދުއްފުށީގައި ބަންގްލަދޭޝް ފިރިހެނެއްގެ އަތުން ފޭރުނު ދިވެހި އަންހެނެއް ހައްޔަރުކޮށްފި އެވެ.
ތަފްސީލް - މި ފޭރުމުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ބިދޭސީ މީހާގެ އަތުން އޭނާގެ ވޮލެޓު ފޭރުނީ ސައިކަލެއްގައި ދިޔަ އަންހެނެކެވެ.
ފިިރހެންމީހާ އަންހެންމީހާގެ ހެދުމުގައި ހިފަހައްޓައި އޭނާ ދިޔަނުދޭން އުޅޭ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދު ހަވީރު ރިޕޯޓްކުރި އެ މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.