ނ ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައި

ފުލުހުން

ޑްރަގު އޮޕަރޭޝަނަކާ ހެދި ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

އިތުރު ފުލުހެއްގެ ސައިކަލަށް ގެއްލުން ދީފައިވޭ؛ ރޯކޮށްލި ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައި
2 އޯގަސްޓު 2024

ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީ، އިތުރު ފުލުހެއްގެ ސައިކަލުގައި ރޭ ރޯކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ސައިކަލުގައި ރޯކޮށްލާފައިވަނީ ރޭ ދަންވަރު ކަމަށެވެ.

ތަފްސީލް - ޝިފާން ވިދާޅުވީ އެއީ ނ. އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ޝިފާން ވިދާޅުވި ގޮތުގައި:

  • ސައިކަލަށް ގެއްލުން ދީފައިވަނީ އިއްޔެ

  • ސައިކަލުގައި ރޯކޮށްލާފައިވަނީ ރޭ ދަންވަރު

"މިފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަ ވެސް ބަދަލެއް ނާންނާނެކަން މިފަދަ ވިސްނުމުގައި އަމަލުކުރަމުންދާ ފަރާތްތަކަށް ހަނދާންކޮށްދެން،" ޝިފާންގެ ޕޯސްޓުގައިވެ އެވެ.

ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައި.

ފޮޓޯތަކުން ފެންނަ ގޮތުގައި ރޯކޮށްލާފައިވާ ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް