މާރާމާރީ ހިންގި މައްސަލައިގައި ޑީޕޯޓްކޮށްލަން ނިންމާފައިވާ ބިދޭސީން

ބިދޭސީން

މާރާމާރީ ހިންގި ބިދޭސީން ޑީޕޯޓްކޮށްލަނީ

އިމިގްރޭޝަނުން ބުނީ އެ އެންމެންގެ ވެސް ވިސާ މިހާރު ބާތިލުކޮށްފައިވާ ކަމަށް
2 އޯގަސްޓު 2024

މާލޭގައި މާރާމާރީ ހިންގި ބިދޭސީންތަކެއް ޑީޕޯޓުކުރަން އިމިގްރޭޝަނުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ބިދޭސީންތަކެއް ވަނީ މާރާމާރީ ހިންގާފަ އެވެ. ޑީޕޯޓްކޮށްލަން ނިންމާފައިވަނީ އެ މައްސަލައިގައި ހިމެނޭ ބިދޭސީންކަން އިމިގްރޭޝަނުން ހާމަނުކުރިޔަސް، އެއީ އެ މީހުން ކަމަށް ބެލެވެ އެވެ.

ތަފްސީލް - އިމިގްރޭޝަނުން ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މާރާމާރީއަކާ ގުޅިގެން ހަ ބިދޭސީން ފުލުހުން ރޭ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ:

  • އެ އެންމެންގެ ވޯކް ވިސާ މިހާރު ބާތިލްކޮށް، ޑީޕޯޓްކުރަން ނިންމާފައިވާ ކަމަށް

  • ކޮން ގައުމެއްގެ ބައެއްކަން ހާމައެއް ނުކުރޭ

  • އޭގެ ތެރޭގައި ހިމެނެނީ އުމުރުން 26 އަހަރާއި 40 އަހަރާ ދެމެދުގެ ފިރިހެނުން

  • ނަން ހާމަނުކޮށް އެމީހުންގެ ފޮޓޯ އާއި އުމުރު ހާމަކޮށްފައިވޭ

ފާހަގަކޮށްލެވޭ - އާންމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި، އެކަކުގެ ނިތްކުރީގައި ބޭސްގަނޑެއް އަޅާފައި ހުރި ތަން ފެނެ އެވެ. ކުރީ ރޭގެ މާރާމާރީގައި އަނިޔާވި ދެ މީހަކަށް އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފަ އެވެ.

އެއީ ކޮން ގައުމެއްގެ ބައެއްކަން ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ. ސޯޝަލް މީިޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި މާރާމާރީ ހިންގާފައިވަނީ ލަޓިބުރި ބޭނުންކޮށްގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް