ސަރުކާރުން މިއަދު ހިމާޔަތްކުރި އޮއްކޮބޭ ތިލަ
ދިރުންތަކުން ފުރިފައިވާ ބޮޑުހިތި ތިލަ އާއި އޮއްކޮބޭ ތިލަ ހިމާޔަތްކޮށްފި
ކ. ބޮޑުހިތި ތިލަ އާއި އޮއްކޮބޭ ތިލަ ސަރުކާރުން ހިމާޔަތްކޮށްފި އެވެ.
ވީ ކިހިނެއް؟- ކ. އަތޮޅުގެ މި ދެތިލަ އަކީ ވެސް ކަނޑުގެ ދިރުންތަކުން މުއްސަނދިވެފައިވާ ސަރަހައްދެކެވެ. އެކަމަކު ސަރުކާރުން މިހާރު ކުރިއަށް ގެންދާ، ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން މި ސަރަހައްދުތަކަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތެވެ.
އެންވަރަމެންޓް މިނިސްޓްރީން ބުނީ، ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން މި ސަރަހައްދުތަކަށް ގެއްލުމެއް ފޯރާފާނެތީ، މިއަދުން ފެށިގެން މި ދެތިލަ ވެސް ހިމާޔަތްކޮށްފައިވާ ކަމަށެވެ. ދެން މި ސަރަހައްދުތަކުގައި އަމަލު ކުރާނީ، ގުދުރަތީ ނުވަތަ ތަބީީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވައިދުގައިވާ ގޮތުގެ މަތިން ކަމަށް ވެސް ބުންޏެވެ.
ބޮޑުހިތި ތިލަ
-
މިއީ މާލެއަތޮޅު ހުޅަނގުފަރާތުގައި އޮންނަ ސަރަހައްދެއް
-
ގިނަ އަދަދެއްގެ މުރަކަ އާއި ފަރުމަހާއި ކަނޑުމަސް މި ސަރަހައްދުގައި އުޅޭ
-
އެގޮތުން ހިމާޔަތްކޮށްފައިވާ، އަދި ނެތިދިޔުމުގެ ބިރު ހީވެފައިވާ މާހުޅުނބު ލަނޑަ އާއި އެންމަޑި އާއި ކަހަނބާއި ވަށްބޯ މިޔަރާއި ފީމިޔަރާއި ކައްޓަފުޅި މިޔަރު މިތަނުގައި އުޅޭ
-
އިރުވައި މޫސުމުގައި، ގިނަ އަދަދެއްގެ އެންމަޑި ސާފުވުމަށް މި ސަރަހައްދަށް އެއްވޭ
އޮއްކޮބޭ ތިލަ
-
މިއީ މާލޭގެ އިރުމަތީފަރާތުގައި އޮންނަ ސަރަހައްދެއް
-
މިތަނުގައި ގިނަ އަދަދެއްގެ ހޮހޮޅަ ހެދިފައި ހުންނައިރު، 'އޯވަހޭންގްސް' ހެދިފައިވާ ދިރޭ މުރަކަ މިތަނުގައި ގިނަ
-
ނެތި ދިޔުމުގެ ބިރު ހީވެފައިވާ ވަށްބޯ މިޔަރާއި އޮޅުފަތި މިޔަރާއި މާހުޅުނބު ލަނޑަ އާއި ކަހަނބު ފަދަ ދިރުންތައް މި ސަރަހައްދުން ފެނޭ
މި ދެ ތިލައަކީ ވެސް ފީނާ މީހުންނާއި ޓޫރިސްޓުންގެ މެދުގައި މަޝްހޫރު ސަރަހައްދެކެވެ.
މި ސަރަހައްދުގައި ކުރުން ބައެއް މަނާ ކަންކަން
-
ބިން ހިއްކުމާއި ފަޅުފުން ކުރުން
-
ގަލާއި ވެލި އަދި މުރަކަ އާއި އަކިރި ނެގުން
-
ނަގިލިލުން
-
އުމްރާނީ ތަރައްގީގެ މަސައްކަތެއް ނުވަތަ އިންފްރާސްޓްރަކްޗާ ގާއިމުކުރުން
-
އެއްވެސް 'ޕޮލިއުޓެންޓެއް' ދޫކުރުން
-
'އެކުއާކަލްޗާ' ނުވަތަ 'މެރިކަލްޗާ'ގެ މަސައްކަތްކުރުން
-
ދިރޭތަކެއްޗަށް ކާން އެޅުމާއި ކާންދިނުން
-
މި ސަރަހައްދަށް އަލިވާގޮތަށް ރޭގަނޑު ދިއްލުން