ގައުމީ ކުތުބުހާނާއިން އަބްދުލްއަޒީޒު އަބްދުލްހަކީމްއާ އެކު ބޭއްވި ބައްދަލުވުން. (ފޮޓޯ/ގައުމީ ކުތުބުހާނާ)

ދިވެހިންގެ މެދުގައި ސްޓޭމްޕް އެއްކުރުމުގެ އާދަ އާލާކުރަން މަޝްވަރާކޮށްފި

އަބްދުުލް އަޒީޒު އަބްދުލް ހަކީމް ލިޔުއްވި 'ދިވެހި އެސްޓޭންޕު' ފޮތުގެ ދެ ކޮޕީ، ތަކެތި ޖަމާކުރުމުގެ ގާނޫނުގެ ދަށުން ގައުމީ ކުތުބުހާނާއަށް ވަނީ ޖަމާކޮށްފައި

ދިވެހިންގެ މެދުގައި ފަލޭޓަލީ ނުވަތަ ޕޯސްޓް ކުރުމުގައި ބޭނުންކުރާ ސްޓޭމްޕު އެއްކުރުމާއި ދަސްކުރުން ފުޅާކުރުމާ ބެހޭ ގޮތުން ގައުމީ ކުތުބުހާނާއިން އެކަމުގެ ތަޖުރިބާކާރު އަބްދުލްއަޒީޒް އަބްދުލްހަކީމްއާ މިއަދު ބައްދަލުކޮށްފި އެވެ.

ތަފްސީލު - ކުތުބުހާނާގެ ބައެއް މުވައްޒަފުން ބައިވެރިވި އެ ބައްދަލުވުމުގައި، މިހާރު އޮތް ޒަމާނީ މުޖުތަމައުގައި އަދި ވަކިން ހާއްސަކޮށް ޒުވާނުންގެ މެދުގައި ސްޓޭމްޕް އިޝްތިހާރު ކުރާނެ ގޮތާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

މީގެ އިތުރުން، އަބްދުުލްއަޒީޒު އަބްދުލްހަކީމް ލިޔުއްވި 'ދިވެހި އެސްޓޭންޕު' ފޮތުގެ ދެ ކޮޕީ، ތަކެތި ޖަމާކުރުމުގެ ގާނޫނުގެ ދަށުން ގައުމީ ކުތުބުހާނާއަށް ވަނީ ޖަމާކޮށްފަ އެވެ.

އަބްދުލްއަޒީޒު އަބްދުލްހަކީމް ލިޔުއްވި 'ދިވެހި އިސްޓޭންޕު' ފޮތުގެ ކޮޕީއެއް ގައުމީ ކުތުބާހާނާގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝިހާމްއާ ހަވާލުކުރެއްވުން. (ފޮޓޯ/ގައުމީ ކުތުބުހާނާ)

މުސައްނިފެއްގެ އިތުރުން އަބްދުލްއަޒީޒަކީ ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ގިނަ ހިދުމަތްތަކެއް ކޮށްދެއްވައި ތިމާވެށި ހިމާޔަތްކުރުމަށާއި މެރިން ބަޔޮލޮޖިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް