ޕީސީބީގެ ނައިބު ރައީސްގެ މަގާމުން ވަކިކުރެއްވި ފިރާޒު (ކ) އެ ބޯޑުގެ މެމްބަރުންނާ އެކު.
ޕީސީބީގެ ނައިބު ރައީސްގެ މަގާމުން ފިރާޒު ވަކިކޮށްފި
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ނައިބު ރައީސްގެ މަގާމުން މުހައްމަދު ފިރާޒު ވަކިކޮށްފި އެވެ.
ވީ ކިހިނެއް؟ - ފިރާޒު އެ މަގާމުން ވަކިކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް އެއީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ އެވެ.
ތަފްސީލު - ޕީސީބީއަށް މެމްބަރުން އައްޔަން ކުރައްވައި ވަކި ކުރައްވަނީ ވެސް ރައީސް އެވެ. ފިރާޒު ޕީސީބީއަށް އައްޔަންކުރެއްވީ، 2022 ވަނަ އަހަރު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އޭނާގެ ދައުރު ހަމަވާނީ 2026ގަ އެވެ.
ތަފްސީލު - ފިރާޒު މަގާމުން ވަކިކުރިކަން ކަށަވަރުކޮށްދީ ޕީސީބީއިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާ އެ ބޯޑަށް ކޮށްދިން ހިދުމަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
މި ބޯޑުގެ ނައިބް ރައީސް އަލްފާޟިލް މުޙައްމަދު ފިރާޟް 25 ޖުލައި 2024 ވަނަ ދުވަހު ވަނީ މަޤާމުން ވަކިކުރައްވާފައެވެ. ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި އަލްފާޟިލް މުޙައްމަދު ފިރާޟް މި ބޯޑަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު ދަންނަވަމެވެ.
— Privatization & Corporatization Board (@pcb_gov) July 28, 2024
ބުނީ ކީކޭ؟ - މަގާމުން ވަކިކުރުމާ ގުޅިގެން ފިރާޒު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބޯޑުގައި ކުރި މަސައްކަތްތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މި ސަރުކާރުގައި މަސައްކަތް ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދެވި ކަމަށްޓަކައި ރައީސް މުހައްމަދު މުއިއްޒުއަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
During my tenure in PCB as Vice President, I have performed my responsibilities and duties towards nation, public and government with utmost confidence and in true spirit , with integrity and honesty to reform whole SOEs’ sector. Together we can do the vision of HEP @MMuizzu…
— 𝙼𝚘𝚑𝚊𝚖𝚎𝚍 𝙵𝚒𝚛𝚊𝚣 (@mohamedfiraz) July 28, 2024
I was able to create some impact on SOEs sector with my team colleagues on below areas. Most of the areas I lead are implemented, some of them are partially implemented and work-in-progress.
— 𝙼𝚘𝚑𝚊𝚖𝚎𝚍 𝙵𝚒𝚛𝚊𝚣 (@mohamedfiraz) July 28, 2024
- whistleblower mechanism of SOEs sector
- Public reach of the institute by social and…
އެނގުން މުހިންމު - ޕީސީބީގެ ގާނޫނު ބުނާ ގޮތުން އެ އިދާރާގެ ބޯޑަކީ ރައީސް އައްޔަން ކުރައްވާ ހަތް ބޭފުޅުންގެ މައްޗަށް ހިމެނޭ ބޯޑެކެވެ. އަދި އެ ބޯޑުގެ މެންބަރުންނަށް އައްޔަން ކުރައްވާ ފަރާތްތަކަށް މަޖިލީހުން ރުހުން ހޯދަން ޖެހެ އެވެ.