ހާމިދުއާ މަގާމު ހަވާލުކުރެއްވުމަށް ފަހު ރައީސް ސޯލިހު އޭނާއާ ބައްދަލުކުރައްވަނީ (ފޮޓޯ/ރައީސް އޮފިސް)
ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ޝަފީއު އަވަހާރަވެއްޖެ
ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ) އަދި އައިޓީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ހާމިދު ޝަފީއު އަވަހާރަވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި އޭނާ އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގައި ކެންސަރަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
އޭނާ ވަނީ މިދިޔަ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމު 2019 ވަނަ އަހަރުން ފެށިގެން އެ ސަރުކާރު ނިމެންދެން އަދާކުރައްވާފަ އެވެ. މީގެ އިތުރަށް އޭނާ ވަނީ:
-
1998 އާއި 2007 އާ ދެމެދު ރައީސް އޮފީހުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުގައި މެނޭޖާ ޓެކްނިކަލް ސާވިސަސް ޔުނިޓް އަދި ޗީފް ނެޓްވާކް އެޑްމިނިސްޓްރޭޓާގެ މަގާމު އަދާކުރައްވާފައި
ތަފްސީލް - ހާމިދު އަވަހާރަވުމާ ގުޅިގެން އެކި ފަރާތްތަކުން އަންނަނީ އޭނާގެ އާއިލާއަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ތައުޒިޔާ ފޮނުވަމުންނެވެ.
ރައީސް މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ހާމިދަކީ ހިދުމަތްތެރި ބޭފުޅެއްކަން ފާހަގަކުރައްވައި އާއިލާއަށް ތައުޒިޔާ ވިދާޅުވި އެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) July 28, 2024
އަލްމަރުޙޫމް ޙާމިދު ޝަފީޢަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދެ ފަހަރެއްގެ މަތީން ވަޒީފާ އަދާކުރައްވާފައިވާ ޚިދުމަތްތެރި ބޭފުޅެކެވެ.
މާތްﷲގެ ރުއްސެވުމާ ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ހާމިދު ޝަފީޢު… pic.twitter.com/cFDQy2GGtB
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކްސްގައި ވިދާޅުވީ ހާމިދަކީ ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނަންފަވާލެވޭ ބޭފުޅެއް ކަމަށެވެ. އަދި އެ ދާއިރާއިން ގައުމަށާއި ދައުލަތަށް އޭނާ އަގުހުރި ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ ހާމިދު ޝަފީޢު އަވަހާރަވުމާ ގުޅިގެން އާއިލާއަށް އިޚްލާޞްތެރި ތައުޒިޔާ ދަންނަވަން. ހާމިދަކީ ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނަންފަވާލެވޭ ބޭފުޅެއް އަދި އެދާއިރާއިން ޤައުމަށާއި ދައުލަތަށް ވަނީ ގިނަގުނަ…
— Ibrahim Mohamed Solih (@ibusolih) July 28, 2024
ފާހަގަކޮށްލެވޭ - އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ 2019 ވަނަ އަހަރު ކޮވިޑް މެނޭޖްކުރުމުގައި އިސްދައުރެއް ހާމިދު އަދާކުރައްވާފައިވާ ކަމަށެވެ. ކޮވިޑުގެ ތަފާސްހިސާބުތައް ބެލެހެއްޓުމަށް ރާއްޖޭގައި ފަރުމާކުރި ސޮފްޓްވެއާ ހެދީ އޭނާ އިސްކޮށް ހުންނަވައިގެންނެވެ.
A good friend, a staunch and unwavering supporter of the reform movement, the passing of Hamid Shafeeu @shafeeu came as a profound shock. His work played a significant role in the management of the covid-19 pandemic. May Allah shower him with his infinite mercy and grant him…
— Fayyaz Ismail (@faya_i) July 28, 2024
އެނގުން މުހިންމު - ހާމިދު ވަނީ ވަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ ކޮލެޖް އޮފް ލަންޑަނުން ކޮމްޕިއުޓާ ސައިންސުގެ ރޮނގުން ބެޗްލާޒް ޑިގްރީއެއް ހާސިލު ކުރައްވާފަ އެވެ. އޭނާ އަކީ ނުޓަނިކްސް ސަޕޯޓް ސްޕެޝަލިސްޓެއްގެ އިތުރުން ސިސްކޯ މެރާކީ ސަޕޯޓް ސްޕެޝަލިސްޓެކެވެ.
ކޮމެންޓް (1)
ދެރަ