ހދ. ހަނިމާދޫ. (ފޮޓޯ/އަހުމަދު އިނާޝް)

ކުއްލި މަރު

ހަނިމާދޫ ގެއެއްގެ ކޮޓަރިއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މަރުވެފައި އޮއްވާ ފެނުނީ 64 އަހަރުގެ ދިވެހި ފިރިހެނެއް

ހަނިމާދޫ ގެއެއްގެ ކޮޓަރިއެއްގައި އުމުރުން 64 އަހަރުގެ މީހަކު މަރުވެފައި އޮއްވާ ރޭ ފެނިއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވާ ގޮތުން، މަރުވެފައި އޮއްވާ ފެނުނީ އެ ކޮޓަރީގައި ކުއްޔަށް އުޅޭ ދިވެހި ފިރިހެނެކެވެ. އޭނާ ފެނިފައިވަނީ، ރޭ ކޮޓަރިއަށް ވަނުމަށް ފަހު ހަބަރެއް ނުވާ ކަމަށް މިއަދު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބެލި ބެލުމުންނެވެ.

ތަފްސީލް - ފުލުހުން ބުނި ގޮތުގައި:

  • ފުލުހުން ގޮސް ކޮޓަރިއަށް ވަދެ ބެލި އިރު، އެ މީހާ އޮތީ އެއްވެސް ހަރަކާތެއް ނެތި އެނދުމަތީގައި 

  • އޭނާ ރަށުގެ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން ބުނި

މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް