ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (ކ) އާއި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ސުހައިލް ނެޝަނަލް އެޕްރެންޓިސްޝޮޕް ޕްރޮގްރާމްގެ އެމްއޯޔޫގައި ސޮއިކުރެއްވުން. (ފޮޓޯ/އެފްއެސްއެމް)

އެފްއެސްއެމް

އެފްއެސްއެމްގެ މުވައްޒަފުން ބިނާކުރަން ޕްރޮގްރާމްތަކެއް ކުރިއަށްގެންދަނީ

އެފްއެސްއެމްގެ ބޯޓުތަކުގެ ފަޅުވެރިންނަށް އަމާޒުކޮށްގެން 'ފިލިވަޅު' ނަމަކަށް ކިޔާ ޕްރޮގްރާމެއް އިފްތިތާހުކޮށް، ޔޫތު މިނިސްޓްރީއާ ގުޅިގެން ޒުވާނުންނަށް ހާއްސަ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފެށުމަށް އެމްއޯޔޫގައި ވަނީ ސޮއިކޮށްފައި

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ ބޯޓުތަކުގައި މަސައްކަތްކުރާ ފަޅުވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދަން ރާވާފައިވާ 'ފަޅުވިލި' ޕްރޮގްރާމް އިފްތިތާހުކޮށް، ޔޫތު މިނިސްޓްރީއާ ގުޅިގެން ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ކުރިއަށްގެންދަން އެމްއޯޔޫގައި ސޮއިކޮށްފި އެވެ.

ބުނީ ކީކޭ؟ - އެކަމަށްޓަކައި އިއްޔެ ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ ޒުވާނުން ބާރުވެރިކުރުމަށްޓަކައި މިފަދަ ޕްރޮގްރާމެއް ހިންގުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މަސައްކަތުގެ ތަޖުރިބާއާ އެކު ބައިވެރިންނަށް ގައުމީ ފެންވަރުގެ ސަނަދެއް ހާސިލުވުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމްގެ މައިގަނޑު އެއް މަގްސަދެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ސުހައިލް ވިދާޅުވި ގޮތުގައި، ފަޅުވިލި ޕްރޮގްރާމްގެ މަގްސަދަކީ އެ ކުންފުނީގެ މުވައްޒަފުންނަކި ގާނޫނު ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން މަސައްކަތުގެ ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުމެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން މަސައްކަތުގެ ތަޖުރިބާ އާއި އިލްމީ ހުނަރު ލިބިފައިވާ މީހުން ބިނާކޮށް، ކުންފުންޏަށް ބޭނުންވާ ޓެކްނިކަލް ދާއިރާތަކުން މުވައްޒަފުން ތަމްރީނުކުރުމުގެ އިތުރުން ވަޒީފާގެ މާހައުލަށް ނެރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެ އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމުގެ ގޮތުން ޔޫތު މިނިސްޓްރީއިން ހިންގާ ޕްރޮގްރާމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް