ގްރީން އެމްބިއުލާންސް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން(ފޮޓޯ/ހެލްތު މިނިސްޓްރީ)

ރަށްރަށުގައި ބޭނުންކުރަން ޗައިނާއިން ރާއްޖެއަށް 12 ބަގީ އެމްބިއުލާންސް ދެނީ

ހެލްތު މިނިސްޓްރީން ބުނީ އެ އެމްބިއުލާންސްތައް ބޭނުންކުރަނީ ރަށްރަށުގެ އެމަޖެންސީތަކާ އެކްސިޑެންޓުތަކަށް ކަމަށް

ރަށްރަށުގެ އެމަޖެންސީކޮށް ބަލި މީހުން އުފުލުމަށް ހާއްސަކޮށް 12 ބަގީ އެމްބިއުލާންސް ޗައިނާއިން ހަދިޔާ ކޮށްފި އެވެ.

ވީ ކިހިނެއް؟ - ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެމްބިއުލާންސްތައް ހަވާލުކުރުމުގެ ލިޔުން އެ މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން އެވެ.

ބުނީ ކީކޭ؟ - ހެލްތު މިނިސްޓްރީން ބުނީ ތިމާވެއްޓާ ރަށްޓެހި އެ އެމްބިއުލާންސްތައް ބޭނުންކުރާނީ ރަށްރަށުގައި ކަމަށެވެ. އެ ބަގީތަކަކީ ރަށްރަށުގައި ދިމާވާ އެކްސިޑެންޓުފަދަ އެމަޖެންސީތަކަށް ބޭނުންކުރަން ވަރަށް އެކަށޭނެ ބަގީތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި ބަގީ އެމްބިއުލާންސްތަކަކީ ކުދި އަދި ހަނި މަގުތަކުގައި ވެސް ބޭނުންކުރެވޭނެ އެމްބިއުލާންސްތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް