ރައްޔިތުންގެ މަޖިލިހުން ރުހުން ނުދިންތާ މާ ގިނަ އިރެއްނުވެ އިސްލާމިކް މިނިސްޓަރުގެ މަގާމަށާއި ހައުސިން މިނިސްޓަރުގެ މަގާމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (ވ) އާއި ޑރ. އަލީ ހައިދަރު އައްޔަންކުރަނީ

ރުހުން ނުލިބުނު 3 ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި

މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި އެކަމާ ގުޅޭ ގޮތުން މަޖިލީހުން ދެން އަމަލުކުރާނޭ ގޮތެއް އަދި ނުނިންމާ

ރައްޔިތުން މަޖިލީހުން ރުހުން ނުދިނުމާ ވިދިގެން އަލުން ވަޒީރު ކަމަށް އައްޔަން ކުރެއްވި ތިން ބޭފުޅުންނަށް ރުހުން ހޯދުމަށް މިއަދު މަޖިލީހަށް ރައީސް މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ އިދާރާއިން ޔަގީންކޮށްދިން ގޮތުގައި މިއަދު އަލުން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައި ވަނީ: 

  • 1-

    ބަންޑާރަ ނައިބުކަމަށް - އަހުމަދު އުޝާމް

  • 2-

    ހައުސިން މިނިސްޓަރު ކަމަށް - ޑރ. އަލީ ހައިދަރު އަހުމަދު

  • 3-

    އިސްލާމިކް މިނިސްޓަރު ކަމަށް - ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު 

މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި އެކަމާ ގުޅޭ ގޮތުން މަޖިލީހުން ދެން އަމަލުކުރާނޭ ގޮތެއް އަދި ނުނިންމަ އެވެ. 

ފާހަގަކޮށްލެވޭ - ގާނޫނުއަސާސީ ބުނާ ގޮތުން ކެބިނެޓްގައި ހިމެނޭ ވަޒީރުންނަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން އޮންނަން ޖެހޭނެ އެވެ. އެ ރުހުން ނެތި ދާއިމީ ގޮތެއްގައި ކެބިނެޓްގައި އެއްވެސް ވަޒީރަކަށް ނުތިއްބެވޭނެ ކަމަށް، ސުޕްރީމް ކޯޓުން 2010ގައި ކުރި ހުކުމެއްގައި ކަނޑައަޅާފައިވެ އެވެ.

ނަމަވެސް މަޖިލީހުން ރުހުން ނުދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލުން ވަނީ އެބޭފުޅުންނަށް މަގާމު ދީ މަގާމުގެ ހުވާ އަލުން ކުރައްވައިފަ އެވެ. އެގޮތުން: 

  • އެގޮތަށް އަމަލުކުރުމަކީ މަޖިލީހުގެ ނިންމުމަށް ގޮންޖަހައި ގާނޫނު އަސާސީގެ ހަމަތައް ނެތިކޮށްލުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ

  • އެކަމާ ގުޅޭ ކުއްލި ގަރާރެއް މަޖިލީހަށް ހުށަހަޅާ އެކަމާ މެދު މަޖިލީހުގައި ވަނީ ބަހުސްކޮށްފައި 

އެނގުން މުހިންމު -  ޖުމްލަ 22 މިނިސްޓަރުން ހިމެނޭ ކެބިނެޓްގެ އަނެއް 19 މިނިސްޓަރުންނަށް ރުހުން ދިނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް