ބޭރުގެ ސިފައިން އަސުރުމާ-3 ދޯންޏަށް އެރި އިރު އެ ދޯނި އޮތް ސަރަހައްދު. (ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ)
ރާއްޖޭގެ ދޯންޏަކަށް ބޭރުގެ ސިފައިން އެރުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ ތެރޭގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުންދިޔަ އދ. މަހިބަދުއަށް ނިސްބަތްވާ އަސުރުމާ-3 ދޯންޏަށް ބޭރު ގައުމެއްގެ ކަނޑުގެ ސިފައިން އަރައި ފަޅުވެރިންނާ ސުވާލުކޮށްފައިވާތީ އިދިކޮޅު މައި ޕާޓީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި:
-
މި މައްސަލައަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބަލަން އެ ޕާޓީން ގޮވާލާފައިވޭ
-
ރާއްޖޭގެ އަވަށްޓެރި އިންޑިއާ އަދި ސްރީ ލަންކާގެ ސަރުކާރާ މި މައުލޫމާތު ހިއްސާކޮށް، އެއިން ގައުމެއްގެ އަސްކަރިއްޔާ މިކަމުގައި ޝާމިލްވޭތޯ ބެލުމަކީ ދިވެހި ދައުލަތުގެ މައްޗަށް ލާޒިމް ކަމެއް ކަމުގައި ބުނި
ރާއްޖޭގެ އީއީޒެޑްގެ ތެރޭގައި އޮތް”އަސުރުމާ 3 “ ދޯންޏަށް ބޭރު ގައުމެއްގެ ސިފައިން އަރައި ބަލައި ފާސްކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށް ނެރޭ ނޫސްބަޔާންhttps://t.co/ngbN9VKXRj pic.twitter.com/sM0jyS0yuc
— MDP Secretariat (@MDPSecretariat) January 31, 2024
"ރާއްޖޭގެ އީއީޒެޑް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވަނީ އެމްއެންޑީއެފްއަށް ކަމަށްވާއިރު މި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދިވެހި މަސްވެރިންނާއި ދަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަަނަކަށް ހެދުމަށް މި ޕާޓީން ގޮވާލަމެވެ،" ނޫސްބަޔާނުގައިވެ އެވެ.
ފާހަގަކޮށްލެވޭ - ރާއްޖޭގެ އީއީޒެޑްގައި މަސްވެރިކަން ކުރަން އުޅުނު އދ. މަހިބަދުއަށް ނިސްބަތްވާ އަސުރުމާ-3 ދޯންޏަށް އިންޑިއާގެ މަނަވަރެއް ކައިރިކޮށް އެ ދޯންޏަށް ސިފައިން އެރި ކަމަށް އެންމެ ފުރަތަމަ ބުނީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިންނެވެ.
ނަމަވެސް، އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފް އިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ދޯންޏަށް އެރީ އިންޑިއާ ސިފައިން ކަން ސީދާ ނުބުނެ، އެމްއެންޑީއެފްއިން ބުނީ "ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ" ކަމަށެވެ.
ކޮމެންޓް (3)
ހައިލަމް
ހިރާ ބިންތު ހުސައިން
ރިޔާޒު