އަސުރުމާ 3 މަސްދޯނި (ފޮޓޯ/މަސްވެރިން)

އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ދިވެހި މަސްދޯންޏަކަށް އިންޑިއާ ސިފައިން އަރައިފި

އެމްއެންޑީއެފް އިން ބުނީީ ކޯސްޓު ގާޑުގެ އުޅަނދެއް އެ ސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށް. އިންޑިއާ ސިފައިން މިހާރު ވަނީ ދޯނިން ފައިބައިފައި

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ދިވެހި މަސްދޯންޏަކަށް ބޭރުގެ އަސްކަރީ އުޅަނދެއްގެ ބޯޑިން ޓީމަކުން މިއަދު އަރާފައިވާކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް އިން އެކަން ބަލަން ފަށައިފި އެވެ.

އެކަމަކު 'ދައުރު'އަށް އެނގިފައިވާ ގޮތުގައި އެ ދޯނިން މިހާރު ވަނީ އިންޑިއާ ސިފައިން ފައިބައިފަ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ އީއީޒެޑްގައި މަސްވެރިކަން ކުރަން އުޅުނު އދ. މަހިބަދުއަށް ނިސްބަތްވާ އަސުރުމާ-3 ދޯންޏަށް އިންޑިއާގެ މަނަވަރެއް ކައިރިކޮށް އެ ދޯންޏަށް ސިފައިން އެރި ކަމަށް އެންމެ ފުރަތަމަ ބުނީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިންނެވެ.

ތަފްސީލް - އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފް އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ސަރަހައްދަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑު އުޅަނދެއް ދަތުރު ކުރަމުން އަންނަ ކަމަށެވެ. ދޯންޏަށް އެރީ އިންޑިއާ ސިފައިން ކަން ސީދާ ނުބުނެ، އެމްއެންޑީއެފްއިން ބުނީ "ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ" ކަމަށެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސެން ނަޝީދު 'ދައުރު' އަށް ވިދާޅުވީ އަސުރުމާ-3 ދޯންޏާ ސެޓްލައިޓު މެދުވެރިކޮށް ގުޅި ކަމަށާއި އެ ދޯނި އޮތް ޕޮޒިޝަން ނަންބަރަކީ ރާއްޖޭގެ އީއީޒެޑްގައި ހިމެނޭ ސަރަހައްދެއް ކަމަށެވެ.

ދޯނީގެ ކެޔޮޅާ ހަވަލާދީ އޭނާ އިތުރަށް ވިދާޅުވީ އިންޑިއާ ސިފައިންގެ މަނަވަރު އެންމެ ފުރަތަމަ ދޯނި މަތިން ހެލިކޮޕްޓަރު އުދުއްސީ ކަމަށާއި އޭގެ ފަހުން މަނަވަރު ދޯންޏާ ކައިރިކޮށް ހަތިޔާރާ އެކު ސިފައިން އެރީ ކަމަށެވެ.

"އަދިިވެސް އެމީހުން [އިންޑިއާ ސިފައިން] ތިބީ ދޯނީގައި،" ނަޝީދު ވިދާޅުވި އެވެ.

މަސްދޯނީގައި ތިބި މީހުންނާ އިންޑިއާ ސިފައިން ކުރަނީ ކޮން ސުވާލެއްކަމެއް އަދި ދައްކަނީ ކޮން ވާހަކައެއްކަމެއް ސާފު ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކަންބޮޑުވުމަކީ ދިވެހި މަސްވެރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ބޭރުގެ ހަތިޔާރު އެޅި ސިފައިންގެ ބަޔަކު ދިވެހި މަސްދޯންޏަކަށް އެރުން. މިއީ ބިރުވެރި ކަމެއް. ބޭރު ކަނޑަށް ނުކުމެ، މަސްވެރިކަން ކުރަން މަސްވެރިން ޖެހިލުންވާނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް (4)

ރާގިބުއީސާ

2 ފެބްރުއަރީ 2024
އަޅުގަނޑަށް ފެންނަނީ ގައުމަށް ގައްދާރުވި އިބޫ ސަރުކާރުގެ އެންމެނަށް ހުކުމްޖަހަން
0 0

މޫރޭ

1 ފެބްރުއަރީ 2024
މިވަރުން ވެސް ދިވެހީންނަށް ވިސްނޭކަށް ނުވޭހޭ އިންޑިއާ އަކީ ދިވެހިރާއްޖެއަށް އޮތް ނަމްބަރ ވަން ތްރެތް ކަމެއް. އިންޑިއާ އަކީ ރާއްޖެއަށް އޮތް އެންމެ ބޮޑު ބިރެވެ. މި ބިރުވެރިކަމަށް އެންމެ ބޮޑު ބާރެއް ރާއްޖޭގެ އެތެރެއިން ދެނީ އެމްޑީޕީ އެވެ. އެމްޑީޕީގެ ޝާހިދާއި މާރިއާ ފަދަ އިސް އެތައް ބަޔަކު އަބަދު ގޮވަމުން ދަނީ އިންޑިއާ ރާއްޖެއަށް އަރަންވީއޭ. ނާރާ ތިބޭތީ ތިމަންނަމެން ހައިރާންވެއޭ. ފުރަަތަމަ އަރާނީ ދިވެހީންގެ ދޯނި ތަކަށް . ދެން އަރަން ފަށާނީ ދިވެހީންގެ ރަށްތަކަށް.
1 0

މުހައްމާ

31 ޖެނުއަރީ 2024
އަސުރުމާ ދޯންޏަކީ ވަރަށް ގިނައން ރާއްޖެ ސަރަހައްދުގައި އުޅޭ ބޭރުގެ މަސްބޯޓުތައް ރިޕޯޓު ކުރާ ބައެއް. އިންޑިއާ ބޯޓެއް އަތުނުލާ ކަމެއް ވެސް ނޭނގޭ. މ މިއީ ސީދާ އެ ދޯންޏައް އަމާޒުކޮއް ކުރި ކަމެއް ކަމަށް ބެލެވިދާނެ.
3 0

ޢާރިފް

31 ޖެނުއަރީ 2024
މީގެ ކުރިންވެސް ތިޔަގޮތަށް އަރާކަމަށް މަޢުލޫމާތު ލިބޭ. މަސްވެރިންގެ ޝަކުވާތަކަށް ޙައްލެއް ނުލިބި އޮތްކަމެއް...
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް